twitterviber whatsapp telegramfacebookyoutube instagram
8th April 2026

ކުޅުދުއްފުށީ ދެކުއްޖަކު ޤުރުއާން ހިތުދަސްކޮށް ޙާފިޡް ކަމުގެ ސަނަދު ހާޞިލުކޮށްފި

Jun 12, 2011

ހދ.ކުޅުދުއްފުށީގެ ދެ ކުއްޖަކު ޤުރުއާން ހިތުދަސްކޮށް ޙާފިޡް ކަމުގެ ސަނަދު ހާޞިލުކޮށްފި އެވެ.

ޤުރުއާން ހިތުދަސްކޮށް ޙާފިޡް ކަމުގެ ސަނަދު ހާޞިލުކޮށްފައިވާ ދެކުދިންނަކީ ކުޅުދުއްފުށީ ރަބީޢު އަލްޙާފިޡް އަލީ އަމްޖަދު އާއި ބާބުލްއަވާލީ އަލްޙާފިޡް މުހައްމަދު އަހުމަދެވެ.

ޤުރުއާން ކިޔެވުމުގެ 26 ވަނަ ގައުމީ މުބާރާތުގެ ނަތީޖާ ފާޅުކޮށް އިނާމު ދިނުމަށްޓަކައި މިއަދު ބޭއްވި ޖަލްސާގައި މިއަހަރު ޙާފިޡް ކަމުގެ ސަނަދު 7 ފަރާތަކުން ޙާޞިލްކޮށްފައިވެއެވެ. ޙާފިޡު ކަމުގެ ސަނަދު ޙާޞިލު ކުރެއްވި ފަރާތްތަކަށް އިނާމު ދެއްވައި، އެފަރާތްތަކަށް ކީރިތި ޤުރްއާނާބެހޭ މަރުކަޒުން ދެއްވި ތާޖު އަޅުއްވައިދެއްވީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދެވެ.

ޙާފިޡުކަމުގެ ސަނަދު ޙާޞިލު ކުރެއްވި އަނެއް 5 ބޭފުޅުންނަކީ ފުވައްމުލަކު ސޯސަންވިލާ މަރިޔަމް އިބްރާހީމްދީދީ އާއި، ފުވައްމުލަކު މާހުގޭ ޢާއިޝަތު ފަހުމީ އާއި، ށ. ފޯކައިދޫ މާވާގޭ މުޙަންމަދު ޝަރީފާއި، ދ. ކުޑަހުވަދޫ ޝަބްނަމީގޭ ޢުމުރުން 17 އަހަރުގެ މުޙަންމަދު ފިރުޒުލް ޢަބްދުﷲ ޚަލީލް އަދި އއ. ތޮއްޑޫ ފިނިވާގޭ ޢުމުރުން 11 އަހަރުގެ އާދަމް މިޝްޢަލް ޝާމިނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355