twitterviber whatsapp telegramfacebookyoutube instagram
19th September 2024

ސަރުކާރުގެ ސިޔާސަތުތައް ބައްޓަންކުރާނީ މަސައްކަތްތެރިންގެ އަޑުއަހައިގެން: ރައީސް

ނަބީލާ އިސްމާޢީލް
Sep 2, 2024

ސަރުކާރުގެ ސިޔާސަތުތައް ބައްޓަންކުރާނީ އެކިއެކި ސިނާއަތްތަކުގައި މަސައްކަތްކުރާ މަސައްކަތްތެރިންގެ އަޑުއަހައިގެން ކަމަށް ރައީސުލްޖުމްހުރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

މިއަދު ބޮޑުކަންނެލީގެ މަސްވެރިންގެ ޔޫނިއަންއާ އެކު ބާއްވާ ބައްދަލުވުމަކަށް ވަޑައިގަންނަވަމުން ރައީސް މުއިއްޒު ވިދާޅުވީ، މުހިންމު ދެ ބައްދަލުވުމެއް ބާއްވަން ނިންމާފައިވާ ކަމަށެވެ. އޭގެ ތެރެއިން އެއް ބައްދަލުވުމަކީ ބޮޑު ކަންނެލީގެ މަސްވެރިންގެ ޔޫނިއަންއާ އެކު ބާއްވާ ބައްދަލުވުމެކެވެ.

"ސަރުކާރުގެ ސިޔާސަތަކީ އެ ކަމުގައި މަސައްކަތްކުރާ މަސައްކަތްތެރިންގެ އަޑުއަހައިގެން ކުރިއަށް ދިއުން، އަދި ސަރުކާރުގެ އަމާޒަކަށްވާނީ ސަރުކާރުގެ ސިޔާސަތަކީ ވެސް ކޮންމެ އިންޑަސްޓްރީއެއްގައި ވެސް އެ އިންޑަސްޓްރީއެއްގައި މަސައްކަތްކުރާ ބޭފުޅުންގެ އަޑުއަހައިގެން ކަންތައްތައް ބައްޓަންކުރުން" ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިއަދު ފުރަތަމަ ބައްދަލުކުރައްވާނީ ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަންއާއެވެ. މިބައްދަލުކުރެއްވުމަށް އެޔޫނިއަންގެ އިސްބޭފުޅުން ވަޑައިގަންނަވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރާއްޖޭގައި ބޮޑު ކަންނެލީގެ މަސްވެރިކަން ކުރިއެރުވުމަށް ސަރުކާރުގެ ސިޔާސަތަކީ އެކަމުގައި މަސައްކަތްކުރާ މަސްވެރިންގެ އަޑުއަހައިގެން ކުރިއަށްދިއުން ކަމަށެވެ. އަދި ސަރުކާރުން ބޭނުންވާ މުހިންމު މައުލޫމާތުތަކެއް މިބައްދަލުކުރެއްވުމުން ލިބިގެންދާނެކަމަށް ގަބޫލުކުރައްވާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިއަދު ދެން ރައީސް ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވަނީ ގެދޮރުވެރިކަމާއި ގުޅޭ ބައެއް ޖަމްއިއްޔާތަކާއެވެ. އެގޮތުން ފަހި ޔޫނިއަން، ގިރާވަރު މާލެ ސިޓިޒަންސް އެސޯސިއޭޝަން، ގުޅިފަޅު ރައްޔިތުންގެ އެސޯސިއޭޝަން، ހުޅުމާލޭ ރައްޔިތުންގެ ކޮމިޓީގެ އިތުރުން މާލޭ ރަށްވެހިންގެ ޖަމިއްޔާތައް ހިމެނެއެވެ. ރައީސް ވިދާޅުވީ މިފަރާތްތަކަކީ ގިނަ އަދަދެއްގެ ރައްޔިތުން ތަމްސީލުކުރާ ޖަމްޢިއްޔާތަކެއްކަމަށެވެ. އެހެންކަމުން ރައްޔިތުންގެ ހުރި ގިނަ ކަންބޮޑުވުންތަކެއް މިބައްދަލުކުރެއްވުމުން އެނގިގެންދާނެކަމަށެވެ.

އެހެންކަމުން އެފަރާތްތަކުން ހިއްސާކުރުމަށް ބޭނުންވާ ކަންބޮޑުވުންތައް އަޑުއެއްސެވުމަށްޓަކާ އެބޭފުޅުން ބޭނުންވާ ވަރަކަށް ވަގުތު ދެއްވާނެކަމަށް ރައީސް ވިދާޅުވިއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355