twitterviber whatsapp telegramfacebookyoutube instagram
16th September 2024

އަލްއަމީރާ އަވަހާރަވުމާ ގުޅިގެން ސައުދީގެ ރަސްގެފާނަށް ރައީސްގެ ތައުޒިޔާގެ މެސެޖެއް

Sep 5, 2024

ސައުދީ އަރަބިއާގެ ޝާހީ ހާންދާނަށް ނިސްބަތްވެވަޑައިގެންވާ ބޭކަނބަލެެއް ކަމަށްވާ އަލްއަމީރާ ލަތީފާ ބިންތު އަބްދުލްއަޒީޒް އާލް ސުއޫދު އަވަހާރަވުމާ ގުޅިގެން ސައުދީގެ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒް އާލް ސައުދަށް ރައީސުލްޖުމްހުރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތައުޒިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.

ރައީސް އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ، ސައުދީގެ ރަސްގެފާނަށް ހޮޔޮ އެދުންތަކާއި މި އުނދަގޫ ދަނޑިވަޅުގައި އާއިލީ ހިތާމަތަކަށް ކޮންމެސް ވަރެއްގެ ލުޔަކާއި ތަސައްލީއެއް ލިބުމަށް އުންމީދު ކުރައްވާ ކަމަށް ރައީސް ފޮނުއްވި ސިޓީފުޅުގައި ވިދާޅުވެފައިވާ ކަމަށެވެ.

އޭގެއިތުރުން، އެމެސެޖުގައި ގައުމުގެ ރަސްގެފާނަށާއި ޝާހީ އާއިލާއަށް ކެތްތެރިކަމަށް އެދިވަޑައިގެންފައިވާ ކަމަށާއި މަރުހޫމާގެ ފުރާނަފުޅަށް ރަހުމަތްލެއްވުން އެދި ހެޔޮ ދުއާކުރުމުގައި ސަރުކާރާއި ރައްޔިތުން ބައިވެރިވާކަން މި މެސެޖުގައި ފާހަގަކުރައްވާފައެވެ.

މި މެސެޖު ނިންމާލައްވާފައި ވަނީ، އަލްއަމީރާގެ ފުރާނަފުޅަށް ރަހްމަތްލައްވައި، ރަސްގެފާނަށާއި ޝާހީ އާއިލާއަށް ގައުމުގެ ރައްޔިތުންނަށް ކުރިމަތިވި މި ހިތާމެރި ދަނޑިވަޅުގައި ހަމަޖެހުމާ ހިތްވަރު ދެއްވުން އެދި ދުއާކުރައްވަމުންނެވެ.

އަލްއަމީރާ ލަތީފާ އަވަހާރަވީ މިދިޔަ އަންގާރަ ދުވަހުއެވެ. އެކަމަނާގެ ޖަނާޒާ ބާއްވާފައި ވަނީ، ބުދަ ދުވަހުއެވެ.

އަލްއަމީރާ ލަތީފާ އަވަހާރަވުމާ ގުޅިގެން ދުނިޔޭގެ އެކި ގައުމުތަކުގެ ލީޑަރުން ވަނީ، ސައުދީގެ ރަސްގެފާނަށް ތައުޒިޔާ ވިދާޅުވެފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355