twitterviber whatsapp telegramfacebookyoutube instagram
26th June 2026

ކޭއާރުއެޗުގެ ޑެޕިއުޓީ ސީއީއޯއަކަށް ބޭފުޅަކު ހަމަޖައްސަވައިފި

އަބްދުލް ވާހިދު ޙަސަން
Sep 12, 2024
5

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ ޑެޕިއުޓީ ސީއީއޯގެ މަގާމަށް ބޭފުޅަކު ހަމަޖައްސަވައިފި އެވެ.

އެ މަގާމަށް ހަމަޖެއްސެވީ އަހުމަދު ފާއިޒް ހަސަން (ބޮހޭ) އެވެ. އޭނާއަކީ 2008 ވަނަ އަހަރުން ފެށިގެން އެ ހޮސްޕިޓަލުގައި މަސައްކަތްކުރައްވަމުން އަންނަ ބޭފުޅެކެވެ.

ޑެޕިއުޓީ ސީއީއޯގެ މަގާމަށް ހަމަޖެއްސެވިއިރު އޭނާ ހުންނެވީ އެ ހޮސްޕިޓަލްގެ އެސިސްޓެންޓް މެޑިކަލް ރެކޯޑްސް އޮފިސަރުގެ މަގާމުގަ އެވެ.

ޑިޕޮލޮމާ އިން ބިޒްނަސް އެޑްމިނިސްޓްރޭޝަން ހައްދަވާފައިވާ ފާއިޒްއަކީ ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު ފަރުހަތު މުހައްމަދުގެ އަރިސް ބޭފުޅެކެވެ.

އެ ހޮސްޕިޓަލްގެ ސީއީއޯ އަކީ ނާޒިމާ އަލީ އެވެ. ނާޒިމާ އެ މަގާމަށް ހަމަޖެއްސީ މިއަހަރުގެ މެއި މަހުއެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަކީ އަތޮޅު ތެރޭގައި އެންމެ ގިނަ މީހުން ހިދުމަތް ހޯދަމުންދާ ހޮސްޕިޓަލެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355