twitterviber whatsapp telegramfacebookyoutube instagram
19th September 2024

އުރީދޫ ނޭޝަން ޗެމްޕިއަންސިޕް ކޮންޓެންޑާ ސީޒަން 2 ނިންމާލައިފި

ނަބީލާ އިސްމާޢީލް
Sep 15, 2024

އުރީދޫ ނޭޝަން މޯލްޑިވްސް ޗެމްޕިއަންޝިޕް ކޮންޓެންޑާ ސީރީޒްގެ ސީޒަން-2 ނިންމާލައި، އިނާމުތައް ދީފިއެވެ.

އުރީދޫން ބުނީ، މި މުބާރާތުގައި އީސްޕޯޓްސް ގިނަ ކުޅުންތެރިންތަކެއް ބައިވެރިވެ އެ ކުޅުންތެރިންގެ ހުނަރުތައް ދައްކާލާފައިވާ ކަމަށެވެ. މުބާރާތް ނިންމާލާފައިވާއިރު، ވަނަތަކަށް އައި ކުޅުންތެރިންނަށް އަގުހުރި އިނާމުތަކެއް ދީފައިވެއެވެ.

އެގޮތުން، ޕަބްޖީ މޮބައިލް މުބާރާތުގެ ޗެމްޕިއަންކަން އަކަޒަޔާ އީސްޕޯޓްސް އިން ކާމިޔާބުކުރީ 7،000 ރުފިޔާގެ އަގުހުރި އިނާމަކަށް ފަހުގައި ކަމަށްވާއިރު، އެ މުބާރާތުގެ ރަނަރަޕަކަށް ހޮވުނީ އީޓޫއެސް ޓީއެމް ހަތެކެވެ. އެ ޓީމަށް އިނާމަކަށް 4،000 ރުފިޔާ ލިބިފައިވެއެވެ.

ޕަބްޖީ މޮބައިލް މުބާރާތުން ހޮވި އިތުރު ވަނަތަކާއި ހާސިލްކުރި ފަރާތްތައް:

މުބާރާތުގެ ތިންވަނައަށަ އޯޕީޒެޑް ސްޕޯޓްސް: 2،000 ރުފިޔާ ހަތަރު ވަނައަށް ބީއެލްކޭ އީސްޕޯޓްސް: 1،000 ރުފިޔާ ފަސް ވަނައަށް ގޭމް އޯވާ އޯޓީއެފް: 500 ރުފިޔާ އެމްވީޕީއަކަށް އޭކޭއޭ މާހާ: 500 ރުފިޔާ

މީގެއިތުރުން، އެ މުބާރާތުގެ އީއޭއެފްސީ 24ގައި ޗެންޕިއަނަކަށް މުޙައްމަދު ޒިޔާން އިސްމާއިލް ހޮވިފައިވާއިރު، ޒިޔާންއަށް 8،000 ރުފިޔާ ލިބިފައިވެއެވެ.

އެ މުބާރާތުގެ ރަނަރަޕްކަން ހުސައިން ޔައީޝް ޝިހާމް ކާމިޔާބުކުރީ 4،500 ރުފިޔާ ހޯދައިގެން ކަމަށްވާއިރު، ތިންވަނައަށް ހޮވުނީ މުޙައްމަދު ރާކިނެވެ. ރާކިންއަށް އެ މުބާރާތުން ލިބިފައި ވަނީ 2500 ރުފިޔާއެވެ.

އުރީދޫން ބުނީ، ކުރިއަށް ވެސް އީސްޕޯޓްސް މުބާރާތްތައް ރޭވިފައިވާ ކަމަށާއި އީސްޕޯޓްސް ކުރިއެރުވުމަށް ކުރަމުން އަންނަ މަސައްކަތުގައި ދެމިތިބޭނެ ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355