twitterviber whatsapp telegramfacebookyoutube instagram
24th April 2025

މަސްތުވާތަކެތީގެ މައްސަލައެއްގައި ދެ އަންހެނަކާއި ދެ ފިރިހެނުން ހައްޔަރުކޮށްފި

އަބްދުލް ވާހިދު ޙަސަން
Sep 29, 2024
4

ކުޅުދުއްފުށިން ހދ ނައިވާދޫއަށް ފުރަން ގޮސް ތިބި ހަތަރު މީހަކު މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ ކައުންޓާ ނާކޮޓިކްސްގެ އިންޓެލްޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި މި މި އޮޕަރޭޝަންގައި ހަތަރު މީހުންވެސް ހައްޔަރުކޮށްފައިވަނީ އާރުޓީއެލް ފެރީން ކުޅުދުއްފުށިން ހދ ނައިވާދޫއަށް ދިޔުމަށް ފުރަން ގޮސް ތިއްބަ އެވެ.

ފުލުހުން ބުނީ، މި ހަތަރު މީހުން ގެންގުޅުނު ތަކެތި ބަލައި ފާސްކުރުމުން އެތަނުން އެކަކު ގެންގުޅުނު ދަބަހުގެ ތެރެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ފިލުމު ހުސްކުރި ދަޅެއް ފެނިފައިވާ ކަމަށެވެ. އަދި އެ ތަކެއްޗަކީވެސް އެ ހަތަރު މީހުންނާ ގުޅުން ހުރި އެއްޗެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން މައުލޫމާތުދެ އެވެ.

މިމައްސަލައާ ގުޅިގެން އެ މީހުންގެ ކުޑަކަމުދާ ތަކެތި ނަގައި ޓެސްޓްކުރުމުން މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައިވާކަމަށް ހަތަރު މީހުންގެ ވަގުތީ ނަތީޖާއިން ދައްކާކަމަށް ފުލުހުން މައުލޫމާތުދެ އެވެ. މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ 26 އަހަރުގެ އަންހެނަކާއި 29 އަހަރުގެ އަންހެނަކާއި 25 އަހަރުގެ ފިރިހެނަކާއި 22 އަހަރުގެ ފިރިހެނެކެވެ.

މި ހަތަރު މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކުޅުދުއްފުށީ ކޯޓަށް ހާޒިރުކުރުމުން އެ މީހުން 13 ދުވަހުގެ މުއްދަތަށް ބަންދުގައި ބަހައްޓަން ކޯޓުން އަމުރުކުރި އެވެ. މިމައްސަލަ ފުލުހުން އަންނަނީ ތަހުގީގުކުރަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355