ޒަހަމްތަކަކާއެކު މަރުވެފައި އޮތް މީހަކު މާލެއިން ފެނިއްޖެ އެވެ.
ފުލުހުން ބުނި ގޮތުގައި ޒަހަމްތަކަކާއެކު އޮތް މީހަކު އައިޖީއެމްއެޗް އަށް ގެންގޮސްފައިވާ ކަމުގެ ރިޕޯޓް ލިބުނީ ފަތިހު ކަމަށެވެ.
އައިޖީއެމްއެޗް އަށް ގެންދިޔަ އިރުވެސް އެ މީހާ މަރުވެފައިވާ ކަމަށް ހޮސްޕިޓަލް އިން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ބުނެފައިވެ އެވެ.
ފުލުހުން ބުނީ މަރުވި މީހާ އަކީ މާލެ-ވިލިމާލެ ބްރިޖުގެ މަސައްކަތްކުރާ އެފްކޮންސްގެ މުވައްޒަފެއް ކަމަށެވެ. އެކަމާއި ގުޅޭ އިތުރު މައުލޫމާތު ފުލުހުން ހިިއްސާއެއް ނުކުރެ އެވެ.
ފުލުހުން ދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.