ބްރޯޑްކާސްޓަރުންގެ އަމާޒަކަށް ވާންވީ، ދިވެހި ގައުމުގެ ހައްގުގައި ވަކާލާތު ކުރުން ކަމަށް ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
އެ މަނިކުފާނު މިގޮތަށް ވިދާޅުވީ، އިއްޔެ ފާހަގަ ކުރި ރާއްޖޭގެ ބްރޯޑްކާސްޓިން ދުވަހުގެ މުނާސަބަތުގައި 'އެކްސް'ގައި ކުރެއްވި ޕޯސްޓެއްގަ އެވެ.
— Dr Mohamed Muizzu (@MMuizzu) October 4, 2024
"ބްރޯޑްކާސްޓް ކުރުމަކީ އަމާނާތެކެވެ. މަސްއޫލިއްޔަތެކެވެ. ދިވެހިރާއްޖޭގެ ބްރޯޑްކާސްޓްކުރުމުގެ ދާއިރާގެ މައިގަނޑު އަމާޒަކަށް ވާންވީ، ދިވެހި ގައުމުގެ ހައްގުގައި ވަކާލާތު ކުރުމެވެ،" ރައީސް ވިދާޅުވި އެވެ.
ކޮންމެ އަހަރެއްގެ 4 އޮކްޓޯބަރުގައި ފާހަގަ ކުރާ ބްރޯޑްކާސްޓިން ދުވަހުގެ މި އަހަރުގެ ޝިއާރަކީ، "މާދަމާގެ ތަސައްވުރު: ބްރޯޑްކާސްޓިންގެ މުސްތަގްބަލު ބައްޓަންކުރުން" އެވެ.