twitterviber whatsapp telegramfacebookyoutube instagram
22nd August 2026

މޯލްޑިވިއަން އިން ފުނަދޫއަށް ކުރާ ދަތުރުތައް މެދުކަނޑާލައިފި

Oct 10, 2024

ގައުމީ އެއާލައިން މޯލްޑިވިއަން އިން ށ. ފުނަދޫ އެއާޕޯޓަށް ކުރާ ދަތުރުތައް މެދުކަނޑާލައިފިއެވެ.

މޯލްޑިވިއަން އިން ކުރި ޕޯސްޓެއްގައި ބުނީ އެއާޕޯޓަށް ދިމާވި ޓެކްނިކަލް މައްސަލައެއްގެ ސަބަބުން، ފުނަދޫއަށް ކުރާ ޝެޑިއުލް ދަތުރުތައް ވަކި ގޮތެއް އަންގަންދެން މެދުކަނޑާލާފައިވާ ކަަމަށެވެ.

މޯލްޑިވިއަން އިން އިތުރަށް ބުނީ ދިމާވި މައްސަލަ ހައްލުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި، ދަތުރުތައް މެދުކަނޑާލުމާއި ގުޅިގެން ދިމާވާ ދަތިތަކަށް މާފަށް އެދޭކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ފުނަދޫ ދަތުރުތައް މޯލްޑިވިއަން އިން މެދުކަނޑާލާފައި މިވަނީ އެ އެއާޕޯޓްގައި ބޭނުން ކުރަމުން އައި ފަޔަރ ލޮރީއަށް ދިމާވި މައްސަލައަކާއި ގުޅިގެންނެވެ. އެ އެއާޕޯޓްގެ ފަޔަރ ލޮރީއަށް ދިމާވި މައްސަލަ ހައްލު ކުރުމުގެ މަސައްކަތް މިހާރު ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީން އަންނަނީ ކުރަމުންނެވެ.

ފްލައިޓްތައް ކެންސަލް ވުމާއި ގުޅިގެން ޓިކެޓަށް ބަދަލުގެނައުމާއި ބުކިންގެ ކަންކަމުގައި 1671 ނަމްބަރަށް ގުޅުމަށާއި ނުވަތަ އީމެއިލް ކުރުމަށް މޯލްޑިވިއަން އިން އެދެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355