twitterviber whatsapp telegramfacebookyoutube instagram
1st August 2026

އަންނަ އަހަރު ބޯންމެރޯ ހަދަން ފޮނުވާ ކުދިން ސްކްރީން ކުރަން ފަށައިފި

ނަބީލާ އިސްމާޢީލް
Oct 19, 2024

ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް އަންނަ އަހަރު ފޮނުވާ ކުދިން ސްކްރީން ކުރަން ފަށާފައިވާކަމަށް ހެލްތް މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ހެލްތް މިނިސްޓަރު އަބްދުالله ނާޒިމް އިބްރާހިމް ވިދާޅުވީ, ތެލެސީމިއާގެ ހާލަތު ރަނގަޅު ކުރުމަށް ވޭތުވެދިޔަ 10 މަސް ތެރޭގައި ސަރުކާރުން ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ, މެދުކެނޑިފައި އޮތް ބޯންމެރޯ ޓްރާންސްޕްލާންޓް ފުރުސަތު މިއަހަރު އަލުން ހުޅުވައި މިހާތަނަށް 14 ކުދިން ބޯންމެރޯ ހެދުމަށް ފޮނުވާފައިވާ ކަމަށެވެ. އަދި 2025 ވަނަ އަހަރު ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް ފޮނުވާ ކުދިންގެ ހެލްތު ސްކްރީނިން މިހާރު ފެށިފައިވާ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

މިހާރު ވެސް 40 ކުދިން ބޯންމެރޯ ހެދުމަށް ލިސްޓް ކުރެވިފައިވާ ކަން ފާހަގަކޮށް މިނިސްޓަރު ވިދާޅުވީ, ސަރުކާރުގެ އަމާޒަކީ ވީހާވެސް ގިނަ ކުދިންނަށް ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމުގެ ފުރުސަތު ފަހިކޮށްދިނުން ކަމަށެވެ.

ރާއްޖޭގައި ތެލަސީމިއާ ބަލިމީހުންގެ ގޮތުގައި 943 މީހަކު ދަފްތަރުކޮށްފައިވެ އެވެ. އޭގެތެރެއިން މިވަގުތު ދުނިޔޭގައި ތިބީ 655 ތެލަސީމިއާ މީހުންނާއި ކުދިންނެވެ.

ތެލަސީމިއާ ބަލިމީހުންނަކީ އެމީހުންގެ ހަށިގަނޑުގައި ދަގަނޑުގެ ބައި ދަށްކުރުމަށް ދާއިމަށް، ފަރުވާ ހޯދަންޖެހޭ ބަޔަކަށްވީއިރު، ތެލަސީމިއާ ބައްޔަށް އޮތް ދާއިމީ ފަރުވާއަކީ، ބޯންމެރޯ ހެދުމެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355