twitterviber whatsapp telegramfacebookyoutube instagram
18th August 2025

މުޅި ރާއްޖެއަށް ވައިޓް އެލާޓް ނެރެފި

Dec 2, 2024

ވައި ބާރުވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް، ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އޮފީހުން މުޅި ރާއްޖެއަށް ވައިޓް އެލާޓު ނެރެފިއެވެ.

މެޓްއޮފީހުން ވައިޓް އެލާޓް ނެރެފައިވަނީ 10:00 15:00 ހަމައަށެވެ. މި އެލާޓުގައި ބުނެފައި ވަނީ ގަޑިއަކު 19 މޭލާއި 24 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަަމަށެވެ.

މިއަދުގެ މޫސުން ކުރިއަށް ލަފާކޮށް މެޓް އޮފީހުން ބުނީ، ދެކުނުގެ އެކި ހިސާބަށް ވިއްސާރަ ކުރާނެ ކަމަށެވެ. އަދި މީގެ ތެރެއިން ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހުން އެކަށީގެންވާ ކަމަށްވެސް ބުނެފައި ވެއެވެ.

އެ އިދާރާއިން ބުނީ އެހެން ހިސާބުތަކަށް ކެރީގެ އަސަރު ކުރުން އެކަށީގެންވާ ކަމަަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355