އުރީދޫ މޯލްޑިވްސްގެ ކަސްޓަމަރުންނަށް ހާއްސަކޮށް ހުޅުވާލައިގެން، ދޯހާ މެރެތަންގައި ދުވުމުގެ 2 ފުރުސަތު ލިބޭ ލަކީ ޑްރޯ ގެ ނަސީބުވެރިން އިއުލާނުކޮށްފިއެވެ.
ދޯހާ މެރެތަން 2025 އޮންނާނީ 17 ޖަނަވަރީގައި ގަތަރުގައެވެ. މިލަކީޑްރޯއިން ހޮވިފައިވާ ދެފަރާތަކީ މުހައްމަދު އަޒްހަދު އަހުމަދު އަދި ތޯރިގު މުހައްމަދެވެ.
މިލަކީ ޑްރޯގައި ބައިވެރިވުމަށްޓަކައި އުރީދޫ ވެބްސައިޓު މެދުވެރިކޮށް 26 އޮކްޓޯބަރއިން ފެށިގެން 26 ނޮވެމްބަރ 2024 ގެ 23:59 އާއި ހަމައަށް ބައިވެރިވުމަށް ހުޅުވާލެވުނެވެ. އުރީދޫ މޯލްޑިވްސްގެ ފަރާތުން ކަސްޓަމަރުން ދޯހާ މެރަތަން އަށް ފޮނުވާ މިއީ ދެވަނަ ފަހަރެވެ.
- އުރީދޫ މޯލްޑިވްސްގެ ކަސްޓަމަރެއްގެ ގޮތުގައި މަދުވެގެން 1 އެއްއަހަރު ދުވަހުހުރުން، ލަސްވެގެން 1 އޮކްޓޯބަރ 2023އިން ފެށިގެން.
- ދޯހާ މެރެތަންގައި ހާފް މެރެތަންއެއް ނުވަތަ މެރެތަންއެއް ދުވުމުގެ ގާބިލްކަން ހުރުން (ސިއްހީ ގޮތުން)، މީގެ ކުރިން ހާފް މެރެތަންއެއް ނުވަތަ މެރެތަންއެއް ދުވެފައިވުން.
- ގަތަރަށް އެތެރެވުމުގެ ޝަރުތުތައް ފުރިހަމަވާ ދިވެހި ޕާސްޕޯޓެއް އޮތުން.
- 26 ނޮވެމްބަރ 2024 ގެ 23:59ގެ ކުރިން ލަކީ ޑްރޯގައި ބައިވެރިވުން.