twitterviber whatsapp telegramfacebookyoutube instagram
22nd August 2026

ރޯދަ މަހަށް ބާޒާރުގެ އަގުތައް ކޮންޓްރޯލް ކުރަން މަޝްވަރާތައް ފަށައިފި

Dec 10, 2024

ރޯދަ މަހާ ދިމާކޮށް ތަކެތީގެ އަގުތައް އުފުލިދާނެތީ އެކަމަށް ވިސްނައިގެން ރޯދައަށް ތައްޔާރުވުމުގެ މަސައްކަތް ފަށައިފި އެވެ.

ރޯދައަށް ތައްޔާރުވުމުގެ ގޮތުން އިކޮނޮމިކް މިނިސްޓްރީއާއި އެސްޓީއޯގެ ވެރިން ބައްދަލުކުރައްވާ ރޯދައަށް ތައްޔާރުވުމުގެ މަޝްވަރާތައް ވަނީ ފަށާފަ އެވެ.

އެސްޓީއޯ އަކީ ރޯދަ މަހާ ދިމާކޮށް ދުރާލައި ބައެއް އަސާސީ މުދާތައް ރާއްޖެ ގެނެސް އެފަދަ ތަކެތީގެ އަގުތައް ބާޒާރުގައި ކޮންޓްރޯލް ކުރުމަށް މުހިއްމު ދައުރެއް އަދާކުރާ ކުންފުންޏެކެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ އެސްޓީއޯގެ ވެރިންނާ އެކު މަޝްވަރާ ކުރީ ރޯދައަށް ތަކެތީ އަގު ހިފެހެއްޓުމަށާއި، މެދުނުކެނޑި ރައްޔިތުންނަށް ބޭނުންވާ އަސާސީ މުދާ ފޯރުކޮށްދެވޭނެ އިންތިޒާމުތައް ހަމަޖެއްސުމަށް ކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބޭނުންވާ ގޮތަށް އެ އިންތިޒާމުތައް ހަމަޖައްސާނެ ކަމަށްވެސް ބުނެފައިވެ އެވެ.

ރޯދަ މަހާ ދިމާކޮށް އާންމުކޮށް ފިޔާ، ބިސް، އަލުވި އަދި މިރުސް ފަދަ ތަކެތީގެ އަގުތައް އުފުލޭތީ އެސްޓީއޯ އިން އެފަދަ ތަކެތި ގަނޑުކޮށް ރާއްޖޭގެ ބާޒާރަށް ނެރެ އަގު ކޮންޓްރޯލް ކޮށްދެ އެވެ.

ރޯދަ މަހާ ދިމާކޮށް މިދިޔަ އަހަރު މިސަރުކާރުން ވަނީ ކޮންމެ ގޭބިސީއަކަށް ހިލޭ 5 ކިލޯގެ ހަނޑޫ އަދި ފުއް ބަހާފަ އެވެ. އެކަމަކު އަންނަ ރޯދަ މަހު ކޮންމެ ގޭބިސީއަކަށް ދޭން ނިންމާފައިވަނީ މަސް ކޭހެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355