twitterviber whatsapp telegramfacebookyoutube instagram
12th August 2026

އުތުރަށް ބޯކޮށް ވާރޭ ވެހޭނެކަމަށް ލަފާކޮށް ވައިޓް އެލާޓް ނެރެފި

Dec 14, 2024

ރާއްޖޭގެ އުތުރުގެ ރަށްތަކަށް ބޯކޮށް ވާރޭ ވެހުމާއެކު ގުގުރާނެ ކަަމަށް ލަފާ ކޮށް ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އޮފީހުން ވައިޓް އެލާޓް ނެރެފިއެވެ.

އެގޮތުން ހއ. އަތޮޅުން ފެށިގެން ބ. އަތޮޅާއި ހަމައަށް މެޓް އިން ނެރުނު ހުދު ސަމާލުގައި ބުނެފައި ވަނީ ބޯކޮށް ވާރޭ ވެހުމާއެކު ގުުގުރާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

މިސަރަހައްދަށް ނެރުނު ސަމާލުގެ މުއްދަތު ހަަމަވާނީ 11:30 އަށެވެ.

މިއަދުގެ މޫސުން ކުރިއަށް ލަފާކޮށް މެޓް އޮފީހުން ވިދާޅުވީ، އުތުރުގެ އެކިހިސާބަށް ވިއްސާރަ ކުރާނެ ކަމަށާއި ބައެއް ރަށްތަކަށް ގުގުރުންވެސް އެކަށީގެންވާ ކަމަށެވެ. އަދިި ދެކުނާއި މެދު ރާއްޖެ ތެރޭގެ އެކި ހިސާބަށް ކެރީގެ އަސަރު ފޯރާނެ ކަމަށްވެސް ވިދާޅުވެފައި ވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355