twitterviber whatsapp telegramfacebookyoutube instagram
8th July 2026

ޗުއްޓީއާ ދިމާކޮށް މޯލްޑިވިއަންގެ ދަތުރުތައް އިތުރުކޮށްފި

Dec 16, 2024

ޗުއްޓީއާއި ދިމާކޮށް މޯލްޑިވިއަނުން ރާއްޖޭގެ އެކި ކަންކޮޅުތަކަށް ކުރާ ދަތުރުތައް އިތުރުކޮށްފިއެވެ.

އެކުންފުނިން ވަނީ އެ އެއާލައިނުން މިހާރު ކުރިއަށްގެންދާ ޝެޑިއުލް ދަތުރުތައް ކުރިއަށް އޮތް 5 ދުވަހަށް އިތުރުކުރުމަށް ނިންމާ 5 ދުވަހުގެ ދަތުރު ޝެޑިއުލް ވަނީ އާންމުކޮށްފައެވެ.

ދަތުރުތައް އިތުރުކުރި މަންޒިލްތައް:

- 16 ވަނަ ދުވަހު - ގަން، ފުވައްމުލައް، ހޯރަފުށި
- 17 ވަނަ ދުވަހު - ފުވައްމުލައް، ކުޅުދުއްފުށި، ކައްދޫ، ފުނަދޫ
- 18 ވަނަ ދުވަހު - ހޯރަފުށި، ގަން، ކައްދޫ، ފަރެސްމާތޮޑާ
- 19 ވަނަ ދުވަހު - ފުވައްމުލައް، ގަން، ދަރަވަންދޫ، ހަނިމާދޫ،
- 20 ވަނަ ދުވަހު - ފުނަދޫ، މާވަރުލު

ޗުއްޓީގެ އިތުރުން އީދު ބަންދުތަކާ ދިމާކޮށްވެސް އެއާލައިންއިން ރާއްޖޭގެ އެކި ކަންކޮޅުތަކަށް ކުރާ ދަތުރުތައް އިތުރުކުރެއެވެ.

އެފަދަ ބަންދުތަކާ ދިމާކޮށް މޯލްޑިވިއަންގެ ދަތުރުތައް އިތުރުރަނީ ބަންދުތަކާ ދިމާކޮށް ޗުއްޓީ ހޭދަކުރަން ރަށްތަކަށްދާ މީހުން އިތުރުވެ، ދަތުރުތަކަށް ޑިމާންޑު ބޮޑުވުމާއި ގުޅިގެންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355