twitterviber whatsapp telegramfacebookyoutube instagram
18th March 2026

މޫސުން ގޯސްވެ، ބޮޑު ސަރަހައްދަކަށް ޔެލޯ އެލާޓު ނެރެފި

Dec 17, 2024

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި މޫސުން ގޯސްވާނެކަމަށް ލަފާކޮށް، މޫސުމާބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ޔެލޯ އެލާޓު ނެރެފިއެވެ.

މެޓް އޮފީހުން ޔެލޯ އެލާޓު ނެރުނީ ހއ. އަތޮޅުން ފެށިގެން އދ. އަތޮޅާ ހަމަޔަށެވެ. އެއީ މިއަދު 11:15 އިން ފެށިގެން 15:00 އާ ހަމަޔަށެވެ.

އެ އިދާރާއިން ބުނީ މީގެ އެ ގަޑިތަކުގައި ބޯކޮށް ވާރޭވެހި، ގުގުރާނެ ކަމަށް ލަފާކުރެވޭކަމުގަ އެވެ.

މެޓުން އޮފީހުން ބުނީ މިއީ ރާއްޖެއަށް ހުޅަނގު މޫސުން ނިމި, އިރުވައި މޫސުން ފެށޭ ދުވަސްވަރު ކަމަށްވާއިރު މި ދުވަސްވަރު އާއްމުކޮށް ކޮޅިގަނޑުތައް އުފެދޭ ކަމަށެވެ. އެގޮތުން ބަންގާޅު ކަނޑުގައި ގޮޅިގަނޑެއް އުފެދި ކުރިއަށް އޮތް ދެ ދުވަހުގެ ތެރޭގައި ދެކުނު އިންޑިއާގެ ޓަމިލްނާޑޫއާ ދިމާލު އައްސޭރި ފަށަށް މިސްރާބު ޖަހާނެ ކަމަށް މެޓުން ބުނެއެވެ. އަދި މި ހަފުތާގެ ތެރޭގައި ރާއްޖޭގެ ދުރުން ދެކުނުގައި ވެސް ކޮޅިގަނޑެއް އުފެދޭނެ ކަމަށް މެޓުން ލަފާ ކުރެއެވެ.

މެޓުން ލަފާކުރާގޮތުގައި މާދަމާއިން ފެށިގެން ކުރިޔަށް އޮތް ފަސް ދުވަހު ރާއްޖޭގެ ހުރިހާ ހިސާބުތަކަކަށް އާންމު ގޮތެއްގައި ވައި ބާރުވާނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355