twitterviber whatsapp telegramfacebookyoutube instagram
10th August 2026

އާސަންދަ ސްކީމްގެ ދަށުން ބޭސް ލިބުމަށް ދަތިވާނަމަ ރިޕޯޓް ކުރަން އެދިއްޖެ

Jan 6, 2025

އާސަންދައިން ބޭސް ލިބުން ދަތިވާނަމަ އެކަން ރިޕޯޓުކުރަން އެ ކުންފުނިން އެދެފިއެވެ.

އާސަންދައިން ބުނީ، ބޭސް ގަންނަން ދިއުމުން އަމިއްލަ އަތުން ފައިސާ ދައްކަން ޖެހޭނަމަ ނުވަތަ ބޭހެއް އާސަންދައިން ލިބެން ނެތް ނަމަ ވައިބާ މެދުވެރިކޮށް ޝަކުވާ ހުށަހެޅޭނެ ކަމަށެވެ.

ޝަކުވާ ހުށަހަޅަން ޖެހޭނީ 7591400 އަށެވެ. ޝަކުވާ ހުށަހަޅާއިރު ބޭހުގެ ނަމާއި ބޭސް ސިޓީ އަދި ރަސީދު ވެސް ފޮނުވަން އާސަންދައިން ވަނީ އެދިފައެވެ.

އާސަންދައިން ބޭހަށް ދޫކުރާ އަގު ކުޑަކުރުމާ އެކު ބައެއް ބޭސްތައް ދޫކުރުން ހުއްޓުނެވެ. އަދި، ބައެއް ބޭސްތައް އާސަންދައިގެ ތެރެއިން ނުލިބޭކަމުގެ ކަންބޮޑުވުން ބޮޑުވިއެވެ.

ގައުމީ ސިއްހީ އިންޝުއަރެންސް ނިޒާމުކަމުގައިވާ އާސަންދައިން ކޮންމެ އަހަރަކު ވެސް އެންމެ ބޮޑު ޚަރަދެއް ކުރަނީ ބޭހަށެވެ. އެހެންކަމުން ބޭހަށް ކުރާ ޚަރަދު ވަނީ އިންތިހާއަށް ބޮޑުވެފައެވެ. އާސަންދައަށް މަޖިލީހުން ފާސްކުރާ ބަޖެޓަށް ވުރެ ބޮޑު ހޭދައެއް ކޮންމެ އަހަރަކު އާސަންދައަށް ކުރަންޖެހި އެ ނިޒާމުވަނީ ދައުލަތަށް ބޮޑު ބުރައަކަށް ވެފައެވެ.

އެހެންވެ، އާސަންދައިން ވަނީ އަގު ބޮޑުކޮށްގެން ވިއްކާ 250 ބޭހަކަށް އާސަންދައިން ދޫކުރާ އަދަދު ކޮންޓްރޯލްކޮށްފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355