twitterviber whatsapp telegramfacebookyoutube instagram
17th September 2026

ހދ އަތޮޅު ކައުންސިލްގެ އާ ރައީސް، މަގާމުގެ ހުވާ ކުރައްވައިފި

އަބްދުލް ވާހިދު ޙަސަން
Jan 20, 2025
2

ހދ އަތޮޅު ކައުންސިލަށް އަލަށް އިންތިހާބުވެވަޑައިގެންނެވި މުހައްމަދު ވަހީދު މަގާމުގެ ހުވާ ކުރައްވައި، އިގްރާރުގައި ސޮއިކުރައްވައިފި އެވެ.

އާ ރައީސް މަގާމުގެ ހުވާކުރެއްވުމަށް މިއަދު ހެނދުނު ހދ ސްޓޭޓް ހައުސްގައި ބޭއްވި ރަސްމިއްޔާތުގައި ހުވާ ލައިދެއްވީ ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓްގެ އިސް މެޖިސްޓްރޭޓް މުހައްމަދު އިސްމާއިލެވެ.

އަތޮޅު ރައީސްކަމުގެ މަގާމަށް ހުޅުވާލުމުން އެކަމަށް ކުރިމަތިލެއްވީ މުހައްމަދު ވަހީދު އެކަންޏެވެ. އެހެންވުމުން އޭނާ އަތޮޅު ރައީސްކަމަށް އިންތިހާބުވެވަޑައިގެންނެވީ އިންތިހާބަކާ ނުލައި އެވެ.

ހދ އަތޮޅު ކައުންސިލް ރައީސްގެ މަގާމު ހުސްވީ މިދިޔަ އަހަރުގެ އޯގަސްޓްމަހުގެ އެ މަގާމުގައި ހުންނެވި މުހައްމަދު ސިރާޖްގެ އިތުބާރު ނެތްކަމުގެ ވޯޓް ނަގައި މަގާމުން ދުރުކުރުމުންނެވެ. އެމްޑީޕީގައި ހުންނެވި ސިރާޖް ފަހުން ޕީޕީއެމްއަށް ސޮއިކުރެއްވި އެވެ. މުހައްމަދު ސިރާޖް މަގާމުން ދުރުކުރެއްވީ، ވިދިވިދިގެން ހަތް ޖަލްސާއަށް ހާޒިރުވެފައިނުވާތީ އެވެ.

ސަރުކާރު ހިންގާ ފީއެންސީއަށް ނިސްބަތްވެވަޑައިގަންނަވާ މުހައްމަދު ވަހީދު މީގެ ކުރިން ހުންނެވީ އަތޮޅު ކައުންސިލްގެ ނައިބު ރައީސްގެ މަގާމުގަ އެވެ. އަދި އޭނާއަކީ ހިރިމަރަދޫ ކައުންސިލްގެ ރައީސްވެސްމެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293