twitterviber whatsapp telegramfacebookyoutube instagram
3rd July 2025

ހާފިޒުން ދަސްވެނިވުމަށް ބާއްވާ ޙަފްލާ 27 ވިލޭރޭ

Mar 10, 2025

ހާފިޒުން ދަސްވެނިވުމަށް ބާއްވާ ތާރީހީ ފުރަތަމަ ހާއްސަ ހަފްލާ ރަމަޟާން 27 ވިލޭރޭ (މާރޗް 27 ވަނަ ދުވަހުގެ ރޭ) ބާއްވާ ގޮތަަށް ނިންމާފައިވާ ކަަމަށް އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ކީރިތި ގުރުއާން ހިތުދަސްކުރާ އަދަދު ދަނީ ގިނަވަމުންނެވެ. މިއާއެކު މިއަހަރުން ފެށިގެން ގައުމީ ފެންވަރުގެ ވަކި ހަފްލާއެއް އެކަމަށް ބާއްވަން ނިންމާފައިވާކަން މިނިސްޓަރު އިއުލާން ކުރައްވާފައި ވަނީ މިދިޔަ އަހަރުގެ ޖުލައި މަހުގެ 27 ވަނަ ދުވަހުގެ ރޭ ބޭއްވި ކީރިތި ގުރުއާން ކިޔެވުމުގެ 36 ވަނަ ގައުމީ މުބާރާތުގައެވެ.

ވަޒީރު ވިދާޅުވީ، މި ހަފްލާގައި 20-25 ދެމެދު އަދަދެއްގެ ހާފިޒުން ދަސްވެނިވާނެ ކަމަށެވެ. އަދި މިއީ ރާއްޖޭގެ ތާރީހުގައި ވެސް މިކަމަށް ހާއްސަކޮށް ބޭއްވޭ މިފަދަ ފުރަތަމަ ހަފްލާ ކަމަށްވެސް ވަޒީރު ވިދާޅުވެފައި ވެއެވެ.

ވަޒީރު ޝަހީމް މީގެ ކުރިން ވިދާޅުވިގޮތުގައި ސަރުކާރުން ދަނީ ޒުވާން ޖީލަށް ކީރިތި ގުރުއާން އުނގެނި އަދި އުނގަންނައިދިނުމުގެ މަގު ތަނަވަސްކޮށްދެމުންނެެވެ. އަދި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަރަށް ގާތުން މިކަންކަން ބައްލަވަމުން ގެންދަވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355