twitterviber whatsapp telegramfacebookyoutube instagram
18th March 2025

ހުއްޓިފައިވާ ދަމަނަވެށީގެ މަސައްކަތްކުރަން އާރުޑީސީއާ ހަވާލުކޮށްފި

Mar 16, 2025

ކުޅުދުއްފުށީގައި އިމާރާތްކުރަން ފަށައި މަސައްކަތް ހުއްޓިފައިހުރި ދަމަނަވެށީގެ މަސައްކަތް ކުރުމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ)އާ ހަވާލުކޮށްފި އެވެ.

ކުޅުދުއްފުށީގައި ދަމަނަވެށި އިމާރާތްކުރަން މިދިޔަ ސަރުކާރުން ހަވާލުކުރީ ނޯތު ޕްރައިވެޓް ލިމިޓެޑް ނަމަކަށް ކިޔާ ކުންފުންޏަކާ 2022 ވަނަ އަހަރުގެ ސެޕްޓެމްބަރުމަހު އެވެ. އެކަމަކު އެ މަސައްކަތް ނިންމާނުލެވި ދިގުދެމިގެން ދިޔަ އެވެ. ދަމަނަވެށީގެ ނިންމާލެވުނީ ހަމައެކަނި ފައުންޑޭޝަނާއި ގްރައުންޑް ތަނބުތަކެވެ.

މިމަހު 12 ވަނަ ދުވަހު ހެލްތު މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި ދަމަނަވެށީގެ މަސައްކަތް ނިންމަން އާރުޑީސީއާ ހަވާލުކުރީ 23،113،061.08 ރުފިޔާ އަށެވެ.

މީގެ އިތުރުން އެ ރަސްމިއްޔާތުގައި ހަތަރު ރަށެއްގެ ހޮސްޕިޓަލް އިމާރާތާއި ހަތަރު ރަށެއްގެ ސިއްހީ މަރުކަޒުގެ މަސައްކަތް އިމާރާތްކުރަންވެސް ކުންފުނިތަކާ ހަވާލުކުރި އެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން، ހެލްތު މިނިސްޓަރު އަބުދު ﷲ ނާޒިމް އިބްރާހިމް ވިދާޅުވީ މިއީ އެ ރަށްތަކާ ސަރަހައްދުތަކުގައި ސިއްހީ ހިދުމަތް ފުޅާކުރުމަށް ފެށޭ ވަރަށް މުހިންމު މަސައްކަތެއްކަމަށާއި، މިއީ ސިއްހީ ދާއިރާގެ އުމްރާނީ ވަސީލަތްތައް ގާއިމުކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ވެވަޑައިގެންފައިވާ ވައުދުގެ ދަށުން ފެއްޓެވި މަސައްކަތްތަކެއްކަމަށެވެ.

މަސައްކަތް ހަވާލުކުރި ރަށްތައް:

- ކުޅުދުއްފުށީ ސިޓީގައި އިމާރާތް ކުރާ ދަމަނަވެށި
ޕްރޮޖެކްޓުގެ އަގު: 23,113,061.08ރ
ކޮންޓްރެކްޓަރ: ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް

- ކ. ގާފަރު ސިއްހީ މަރުކަޒު އިމާރާތްކުރުން
ޕްރޮޖެކްޓުގެ އަގު: 26,819,434.82ރ
ކޮންޓްރެކްޓަރ: ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް

- ހދ. ހަނިމާދޫ ހޮސްޕިޓަލް އިމާރާތްކުރުން
ޕްރޮޖެކްޓުގެ އަގު: 104,834,778.55ރ
ކޮންޓްރެކްޓަރ: ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް

- އދ. މާމިގިލީ ހޮސްޕިޓަލް އިމާރާތްކުރުން
ޕްރޮޖެކްޓުގެ އަގު: 105,004,634.47ރ
ކޮންޓްރެކްޓަރ: ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް

- ނ. ފޮއްދޫ ސިއްހީ މަރުކަޒު އިމާރާތްކުރުން
ޕްރޮޖެކްޓުގެ އަގު: 26,878,072.40ރ
ކޮންޓްރެކްޓަރ: މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ

- ށ. މާއުނގޫދޫ ސިއްހީ މަރުކަޒު އިމާރާތްކުރުން
ޕްރޮޖެކްޓުގެ އަގު: 27,219,325.40ރ
ކޮންޓްރެކްޓަރ: މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ

- ވ. ފެލިދޫ ހޮސްޕިޓަލް އިމާރާތްކުރުން
ޕްރޮޖެކްޓުގެ އަގު: 105,360,655.93ރ
ކޮންޓްރެކްޓަރ: މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ

- ތ. ވިލުފުށި ހޮސްޕިޓަލް އިމާރާތްކުރުން
ޕްރޮޖެކްޓުގެ އަގު: 105,132,701.20ރ
ކޮންޓްރެކްޓަރ: މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ

- ހދ. މަކުނުދޫ ޞިއްޙީ މަރުކަޒު ޢިމާރާތް ކުރުން
ޕްރޮޖެކްޓުގެ އަގު: 103,595,304.83ރ
ކޮންޓްރެކްޓަރ: ފެނަކަ ކޯޕަރޭޝަން ލިމިޓެޑް

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355