twitterviber whatsapp telegramfacebookyoutube instagram
2nd April 2025

އުފެއްދުންތެރިކަމުގެ މައުރަޒުގައި ކުޅުދުއްފުށިން ބައިވެރިވާ 10 މީހަކަށް ޓިކެޓާއި 5000 ރުފިޔާގެ އިނާޔަތެއް ދެނީ

Mar 23, 2025
2

"ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025" ކުޅުދުއްފުށިން ބައިވެރިވާ 10 ފަރާތްތަކަށް މާލެ ދިޔުމަށް ދެ ކޮޅު ޓިކެޓާއި 5000 ރުފިޔާގެ އެލަވަންސްއެއް ދިނުމަށް ސިޓީ ކައުންސިލުން ނިންމައިފި އެވެ.

މި މައުރަޒަކީ އިކޮނޮމިކް މިނިސްޓްރީ އާއި ބިޒްނަސް ސެންޓަރ ކޯޕަރޭޝަން ގުޅިގެން ބާއްވާ މައުރަޒެކެވެ.

މާލޭގައި ބާއްވާ މި އެކްސްޕޯގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން ނަންނޯޓްކުރުމަށް މިހާރު ވަނީ ހުޅުވާލާފަ އެވެ. ސިޓީ ކައުންސިލުން ބުނީ ދިހަ ފަރާތަކަށް ވުރެ ގިނަ ފަރާތްތަކުން ބައިވެރިވުމަށް ނަންނޯޓްކޮށްފިނަމަ ޓިކެޓާއި އެލަވަންސް ދޭ ފަރާތްތައް ހޮވާނީ ގުރުއަތުން ކަމަށެވެ.

ދިވެހިރާއްޖޭގެ އުފެއްދުންތެރިކަން އިތުރުކޮށް ވިޔަފާރި ފުޅާ ކުރުމުގެ މަގްސަދުގައި، ވިޔަފާރި އާއި އުފެއްދުންތެރިކަމަށް އަމާޒުކޮށް ބާއްވާ މި މައުރަޒު، އޮންނާނީ މޭއި މަހުގެ ތެރޭގައި އެވެ.

ރައީސް އޮފީހުން ބުނީ އުފެއްދުންތެރިކަމުުގެ މައުރަޒު ބާއްވަނީ އެކި ދާއިރާތަކުން ވާދަ ކުރެވޭ ގޮތަށް ކަމަށާއި އެގޮތުން ހަތަރު ދާއިރާއެއް ރައީސް އޮފީހުން ވަނީ ކަނޑައަޅައިފަ އެވެ. އެއީ ކްރިއޭޓިވް އިކޮނޮމީ ޑިސްޓްރިކްޓާއި ޑިޖިޓަލް އެންޑް އިނޮވޭޓިވް ޑިސްޓްރިކްޓާއި އެންޓަޓެއިންމަންޓް ޑިސްޓްރިކްޓް އަދި މާކެޓް ޕްލޭސް ޑިސްޓްރިކްޓް އެވެ.



މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އިސްނެންގެވުމާއި އިރުޝާދުގެ ދަށުން ބާއްވާ މައުރަޒެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355