twitterviber whatsapp telegramfacebookyoutube instagram
26th September 2026

ހދ އަތޮޅު ކައުންސިލުގެ ބައި އިލެކްޝަންގެ ރަސްމީ ނަތީޖާ އިއުލާންކޮށްފި

Jun 13, 2011

މިދިޔަ ހޮނިހިރު ދުވަހު އޮތް ހދ އަތޮޅު ކައުންސިލުގެ ބައި އިލެކްޝަނުގެ ރަސްމީ ނަތީޖާ އިލެކްޝަން ކޮމިޝަނުން މިއަދު އިއުލާނު ކޮށްފިއެވެ.

ހދ އަތޮޅު ކައުންސިލުގެ ކުޅުދުއްފުށީ އުތުރު ދާއިރާއިން މެމްބަރަކު އިންތިހާބުކުރުމަށްޓަކައި ބޭއްވި ބައި އިލެކްޝަނުގެ ރަސްމީ ނަތީޖާ މިއަދު އިއުލާނުކުރިއިރު އިންތިހާބުގެ ވަގުތީ ނަތީޖާއަށް ބަދަލެއް އައިސްފައެއް ނުވެއެވެ. މިއިންތިހާބު ކާމިޔާބުކޮށްފައިވަނީ ޖުމްލަ 509 ވޯޓާއެކު އެމްޑީޕީގެ ކެނޑިޑޭޓް ނަޞްރުﷲ އިސްމާއީލެވެ. އެއީ ވޯޓުލީ މީހުންގެ 64 އިންސައްތައެވެ. އޭނަ އާ ވާދަކުރި ޑީއާރުޕީގެ ކެނޑިޑޭޓަށް 279 ވޯޓު ލިބުނުއިރު ބާތިލު ވޯޓުގެ ގޮތުގައި 18 ވޯޓު ލާފައިވެއެވެ.

ހދ އަތޮޅު ކައުންސިލުގެ ކުޅުދުއްފުށީ އުތުރު ދާއިރާ ކުރިން ތަމްސީލުކުރި އެމްޑީޕީގެ މެމްބަރު އަމިއްލަ ސަބަބުތަކަކާހުރެ އިސްތިއުފާ ދިނުމުން އެމަގާމަށް މެމްބަރަކު އިންތިހާބުކުރުމަށް ބޭއްވި މި ބައި އިލެކްޝަނުގައި ވޯޓު ލުމުގެ ހައްގު ލިބިފައިވާ 2000 އަށްވުރެ ގިނަ މީހުންތިބި ނަމަވެސް ވޯޓުގައި ބައިވެރިވެފައިވަނީ ނިސްބަތުން މަދު އަދަދެއްގެ ބަޔެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293