twitterviber whatsapp telegramfacebookyoutube instagram
26th September 2026

ޖަލުގައި އަމިއްލައަށް މަރުވާން އުޅުނު މީހާއަށް ފަރުވާދެނިކޮށް މަރުވެއްޖެ

އަބްދުލް ވާހިދު ޙަސަން
Apr 10, 2025
2

ކުޅުދުއްފުށީ ޕޮލިސް ކަސްޓޯޑިއަލްގައި ބަންދުގައި ހުއްޓައި މިމަހު 4 ވަނަދުވަހުގެ ރޭ އަމިއްލައަށް މަރުވާން މަސައްކަތް ކުރި މީހާ ކުޅުދުއްފުށީ ހޮސްޕިޓަލުގައި ފަރުވާދެމުންދަނިކޮށް މިއަދު މެންދުރުފަހު މަރުވެއްޖެ އެވެ.

34 އަހަރުގެ ޒުވާނާ ނިޔާވެފައިވަނީ މިއަދު މެންދުރުފަހު 3:15 ހާއިރުކަމަށް ކޭއޯއަށް އެނގިފައިވެ އެވެ. އޭނާ މަރުވާން މަސައްކަތްކުރީ މިމަހުގެ 4 ވަނަ ދުވަހު ރޭ 21:12 ހާއިރުކަމަށް ފުލުހުން މައުލޫމާތުދެ އެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ގެނެސް ފަރުވާދެމުން ގޮސްފައިވަނީ ވެންޓިލޭޓަރުގަ ބާއްވައިގެންނެވެ. ގެނައިއިރުވެސް ހާލު ދެރަ އެވެ.

ފުލުހުން ބުނެފައިވަނީ އޭނާ ފުލުހުން ބަންދުކުރީ މަސްތުގެ ހާލަތުގައި ހުރެ ގޭގެ މުދަލަށް ގެއްލުންދީ ހަމަނުޖެހުން ހިންގި މައްސަލާ ގުޅިގެން އެޕްރީލްމަހުގެ ދެވަނަ ދުވަހު އެވެ.

ފުލުހުން ބުނީ، މި ހާދިސާއާ ގުޅިގެން އަޅަން ޖެހޭ ފިޔަވަޅުތައް އަޅަމުން އަންނަ ކަމަށާއި ހާދިސާއާ ގުޅޭ މައުލޫމާތު ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް)އަށާއި ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ)އަށް ދީފައިވާ ކަމަށެވެ.

ހާދިސާގެ ތަހުގީގަށް މޭޖާ ކްރައިމް، އިންވެސްޓިގޭޝަން ޓީމެއް އެ ރަށަށް ފޮނުވުމަށް ފުލުހުން ވަނީ ނިންމާފައެވެ. އަދި، ހާދިސާ ހިނގާފައިވާ ގޮތުގެ މައްޗަށް، އެތެރޭގެ ތަހުގީގެއް ޕްރޮފެޝަނަލް ކޮމާންޑުން ހާއްސަ އިސްކަމެއް ދީގެން ކުރިއަށްގެންދަމުން އަންނަކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293