twitterviber whatsapp telegramfacebookyoutube instagram
12th April 2025

ތިންވަނަ ފިޔަވަހީގެ މަގުތައް ކަނޑައެޅުމަށް ދިނީ 2 ދުވަސް، 114 މަގެއް ހިމެނިން: ރިލޭ

ރިލޭ ވިދާޅުވީ، މިއަހަރު ކައުންސިލަށް ސަރުކާރުން ފައިސާ ދޫކޮށްފައިވަނީ 8.9 މިލިއަން ރުފިޔާ އުނިކުރުމަށްފަހުކަމަށް.

އަބްދުލް ވާހިދު ޙަސަން
Apr 11, 2025
5

ކުޅުދުއްފުށީގެ ތިންވަނަ ފިޔަވަހީގައި ހެދުމަށް ހަމަޖެހިފައިވާ މަގުތައް ކަނޑައެޅުމަށް ސިޓީ ކައުންސިލަށް، ހައުންސިންގ އެންޑް އިންފްރާސްޓްރަކްޗަރ މިނިސްޓްރީން ދިނީ ދެ ދުވަސް ކަމަށާއި އެހެންނަމަވެސް އެ މުއްދަތުގެ 114 މަގެއް ހިމަނައި މިނިސްޓްރީއަށް ފޮނުވާފައިވާނެކަމަށް ކައުންސިލް މެންބަރު ރިލްވާން މުހައްމަދު (ރިލޭ) ވިދާޅުވެއްޖެ އެވެ.

ސިޓީ ކައުންސިލުން ތަރައްގީކުރި އާ ހިނަވާގެ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރިލޭ ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން ރޯދަމަހުގެ ފަހުދިޔަ އާއި 6 ރޯދަ އޮތީ ބަންދުކޮށްފައި ކަމަށެވެ. ސަރުކާރު ބަންދުކޮށްފައި ވަނިކޮށް އިންފްރާންޓްރަކްޗަ މިނިސްޓްރީން ރޯދަމަހުގެ 23 ވަނަ ދުވަހު ކައުންސިލަށް ސިޓީއެއް ފޮނުވާފައިވާ ކަމަށާއި ސިޓީގައި ވަނީ ރަށުގެ ތިންވަނަ ފިޔަވަހީގެ ދަށުން ހެދުމަށް ކަނޑައަޅައި މަގުތައް ހިމަނައިދިނުމަށްފަހު ރޯދަމަހުގެ 25 ވަނަ ދުވަހު އޮފީސް ބަންދުކުރުމުގެ ކުރިން ޖަވާބު ފޮނުވުމަށް ކަމަށެވެ.

ރައްޔިތުންނާ މިހާ ގުޅުހުން ކަމެއްގައި ގޮތެއް ނިންމާއިރު ރައްޔިތުންގެ ހިޔާލާއި މަޝްވަރާކުރަން ސިޓީ ކައުންސިލުން ބޭނުންވި ކަމަށާއި ނަމަވެސް އެހާ ކުޑަވަގުތުކޮޅެއްގައި އެކަން ނުވީ ކަމަށެވެ. ނަމަވެސް އެ ވަގުތު ކޮޅުގެ ތެރޭގައި 114 މަގެއް ހިމަނައި މިނިސްޓްރީއަށް ފޮނުވާފައިވާނެކަމަށް ރިލޭ ވިދާޅުވި އެވެ.

ރައްޔިތުންނާ ގުޅުހުން ހުރިކަމެއްގައި ކައުންސިލުން އެންމެ ތަންކޮޅެއްގެ ވެސް ދޫނުކުރައްވާނެ ކަމަށާއި 114 މަގެއް ހެދުމަށް ކަނޑައެޅީ ކައުންސިލްގެ ކުއްލި ބައްދަލުވުމެއް ބާއްވައިގެން ކަމަށެވެ.

"އަޅުގަނޑު މިއަދުވެސް ޔަގީންކޮށްދޭން ބޭނުންވަނީ ތިބޭފުޅުން އަޅުގަނޑުމެންނާ ހަވާލުކުރި މަސްއޫލިއްޔަތުގައި އެންމެ ތަންކޮޅެއްވެސް ދޫނުދޭނެކަމަށް. އަޅުގަނޑުމެން މިދަނީ އަޅުގަނޑުމެންގެ ބަޖެޓުން ކުރެވެން ހުރި ހުރިހާ މަޝްރޫއެއް ތިބޭފުޅުންގެ ހައްގުގައި ކުރަމުން." ރިލޭ ވިދާޅުވި އެވެ.

ރިލޭ ވިދާޅުވީ، މިއަހަރު ކައުންސިލަށް ސަރުކާރުން ފައިސާ ދޫކޮށްފައިވަނީ 8.9 މިލިއަން ރުފިޔާ އުނިކުރުމަށްފަހު ކަމަށާއި މިއީ ރައްޔިތުންނަށް ލިބިގެންދާ ވަރަށް ބޮޑު ގެއްލުމެއްކަން އޭނާ ފާހަގަކުރެއްވި އެވެ.

ކުޅުދުއްފުށީގެ ހުރިހާ މަގެއް ޒަމާނީ ފެންވަރަށް ތަރައްގީކުރުމަކީ ރައީސް ޑރ މުހައްމަދު މުއިއްޒުގެ ވައުދުފުޅެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355