twitterviber whatsapp telegramfacebookyoutube instagram
15th April 2025

ކުޅުދުއްފުށީ ބޭރުން ކަނޑައިގެންދިޔަ ދޮށީގެ ކަނދުފަތި އަލުން ގާއިމުކޮށްފި

Apr 13, 2025

ދޮށީގެ މަސްވެރިކަމަށް ހާއްސަކޮށް ކުޅުދުއްފުށީ އިރުދެކުނު 15.5 މޭލު ބޭރުން އަޅާފައިވާ ކަނދުފަތި އަލުން ގާއިމުކޮށްފި އެވެ.

މި ކަނދުފަތި ކަޑައިގެންގޮސް މިދިޔަ ފެބުރުއަރީމަހު ނ ލަންދޫއަށް ވަނީ ލައްގާފަ އެވެ. އަލުން މިކަނދުފަތި ގާއިމުކުރިކަން ފިޝަރީޒް މިނިސްޓްރީން މިއަދު ވަނީ އާންމުކޮށްފަ އެވެ.

މިކަނދުފަތި ކަނޑައިގެންދިޔުމުން އެކަން މިނިސްޓަރުގެ ސަމާލުކަމަށްގެނެސްފައިވާ ކަމަށާއި މި އެޕްރީލްމަހުގެ ތެރޭގައި ކަނދުފަތި އަލުން ގާއިމުކޮށްދެއްވާނެކަމުގެ ޔަގީންކަން މިނިސްޓަރު ޝިޔާމް ދެއްވާފައިވާކަން އުތުރު ދާއިރާގެ މެންބަރު މުހައްމަދު ދާއޫދު ވަނީ ވިދާޅުވެފަ އެވެ.

މިކަނދުފަތި ގާއިމުކުރުމާ ގުޅިގެން ކުޅުދުއްފުށީ ސިޓީ ކައުންސިލަރު އިބުރާހިމް އަހުމަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މި ބޮއެ އެޅުމުން ރަށުގެ މަސްވެރިންނަށާއި އުތުރުގެ މަސްވެރިންނަށް ވަރަށް މުހިންމުކަމަށްވާއިރު ޒިންމާގައި ހުންނަ މިފަދަ ކަންކަން ފަސޭހައިން އަވަހަށްވުމަކީ ބަލައިގަންނަކަމަށެވެ.

މިކަމުގައި ކުޅުދުއްފުށީ ދެ ދާއިރާގެ މެންބަރުންނަށާއި މިނިސްޓަރު ޝީޔާމަށް އޭނާ ޝުކުރުއަދާކުރެއްވި އެވެ.

"ކުޅުދުއްފުށީ އިރު ދެކުނުން 15މޭލު ބޭރުގައި އަޅާފައި އޮންނަ ބޮއި (ރަށުބޮއެ) ކަޑައިގެން ދިއުމުން ފެބުރުއަރީމަހު ފިޝަރީސް މިނިސްޓްރީގެ ސަމާލުކަމަށް ވާނީގެނެވިފަ މިނިސްޓާ ވިދާޅުވިގޮތަށް މޫސުން ރަނގަޅުވެ ރޯދަމަސް ނިންމާފައި އުތުރަށް ބޮއެ އަޅަން ފޮނުވާނެ ކަމަށް، މިއަދު ވާނީ އަލުން ރަށުބޮއެ އަޅާފަ. އުތުރުގެ އަދި ކުޅުދުއްފުށީގެ މަސްވެރިކަމަށް ވަރަށް މުހިއްމު ކަމަކަށް ވާއިރު ޒިންމާގައި ހުންނަ މިފަދަ ކަންކަން ފަސޭހައިން އަވަހަށްވުމަކީ އަޅުގަނޑުމެން ބަލައިގަނެ އަދި މިކަމުގައި މަސްވެރިންނާއި ކުޅުދުއްފުށީ ދެދާއިރާގެ މެމްބަރުން މިކަމުގައި މިނިސްޓާރ ޝިޔާމް އެކީކުރެއްވި މަސައްކަތަށް ޝުކުރުއަދާކުރަން." ކައުންސިލަރު އިބުރާހިމް ލިޔުއްވާފައިވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355