twitterviber whatsapp telegramfacebookyoutube instagram
23rd April 2025

ކުޅިވަރުގެ ދާއިރާއިން ކުޅުދުއްފުށީގައި މިއަހަރު ފެށުމަށް ހަމަޖެހިފައިވާ މަޝްރޫއުތައް ފަރުހަތު ހާމަކޮށްދެއްވައިފި

އަބްދުލް ވާހިދު ޙަސަން
Apr 22, 2025

ކުޅުދުއްފުށީގައި މިއަހަރުގެ ނިޔަލަށް 1500 މީހުންގެ ޖާގައިގެން އިންޑޯ ސްޕޯޓްސް ކޮމްޕްލެކްސް އިމާރާތެއް އެޅުމުގެ މަސައްކަތް ފެށޭނެކަމަށް ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު ފަރުހަތު މުހައްމަދު (ފަރޭ) ވިދާޅުވެއްޖެ އެވެ.

ކުޅުދުއްފުށީގެ ކުޅިވަރު ވަސީލަތްތައްފުޅާކުރުމަށް މިއަހަރު ހިންގަން ހަމަޖެހިފައިވާ މަޝްރޫއުތަކާ ބެހޭ ގޮތުން ސްޕޯޓްސް މިނިސްޓަރު އަބުދުﷲ ރާފިއުއާ ބައްދަލުކުރެއްވުމަށްފަހު، ސޯޝަލް މީޑިއާ މެންބަރު ފަރުހަތު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ކުޅިވަރުގެ ދާއިރާއިން މިއަހަރު 8 މަޝްރޫއެއް ރަށުގައި ކުރިއަށްގެންދިޔުމަށް ރޭވިފައިވާ ކަމަށެވެ.

އެގޮތުން މިނިސްޓަރު ރާފިއުއާ ހަވާލާދެއްވައި ފަރުހަތު ވިދާޅުވީ، 1500 މީހުންގެ ޖާގައިގެ އިންޑޯ ސްޕޯޓްސް ކޮމްޕްލެކްސް އަކާއި ފިޓްނަސް ސެންޓަރަކާއި ސިންތެޓިކް ޓްރެކާއި ކޮރަލް ދަނޑުގައި ފުޓްސަލް ދަނޑެއް ގާއިމުކުރުމުގެ މަސައްކަތް ފެށޭނެ ކަމަށެވެ.

އަދި މީގެ އިތުރުން ޒިގްޒެގް ދަނޑުގައި ނުނިމިހުރި މަސައްކަތާއި އައުޓްޑޯ ޖިމްއެއް ތަރައްގީކުރުމާއި އިތުރު ދެ ބެޑްމިންޓަން ކޯޓް ގާއިމުގެ ކުރުމުން އަދި ހިރަފުސްދަނޑު ތަރައްގީކުރުމުގެ މަސައްކަތް ހިމެނެ އެވެ.

މިބައްދަލުވުމުގައި މިނިސްޓަރު ރާފިއު އާއި މެންބަރު ފަރުހަތުގެ އިތުރުން އުތުރު ދާއިރާގެ މެންބަރު މުހައްމަދު ދާއޫދު ބައިވެރިވެވަޑައިގެންނެވި އެވެ.

ދައުލަތުގެ ބަޖެޓް މިއަހަރު ރައްޔިތުންގެ މަޖިލީހުން ފާސްކުރީ ރަށްރަށުގައި ހިންގަން ހަމަޖެހިފައިވާ ޕްރޮޖެކްޓްތައް ހާމަނުކޮށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355