twitterviber whatsapp telegramfacebookyoutube instagram
22nd August 2026

އެމްއެންޔޫ ކުޅުދުއްފުށީ ޖޮބް ފެސްޓިވަލްގައި ބައިވެރިވާން ބޭނުންވާ ކުންފުނި/އޮފީސްތަކަށް ފުރުސަތު ހުޅުވާލައިފި

Apr 28, 2025

ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ) އިން ކުޅުދުއްފުށީގައި ކުރިއަށްގެންދަން ނިންމާފައިވާ ފަހި ދުވަސް (ޖޮބް ފެސްޓިވަލް) ގައި ބައިވެރިވާން ބޭނުންވާ ކުންފުނިތަކަށާއި ސަރުކާރުގެ މުއައްސަސާތަކަށް އެ ފުރުސަތު ހުޅުވާލައިފި އެވެ.

އެމްއެންޔޫ ކުރި އިއުލާނެއްގައި ބުނެފައިވަނީ، އެމްއެންޔޫގެ ޖޮބް ފެސްޓިވަލްގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން 30 އެޕްރީލްވާ ބުދަ ދުވަހުގެ ކުރިން ފޯމު ހުށަހެޅުމަށެވެ.

މި ހަރަކާތުގެ މަގުސަދަކީ ރާއްޖޭގެ އެކިކަންކޮޅުގައި ހުރި ވަޒީފާގެ ފުރުސަތުތަކާއި އެކި މުއައްސަސާތަކުގައި ހުރި ތަފާތު އެކި ކަހަލަ އާމުދަނީ ނުވަތަ މަސައްކަތުގެ ތަޖުރިބާ ލިބޭނެ ފަދަ ފުރުސަތުތައް އާންމުނަށް ދައްކައިލެވޭނެ ފުރުސަތު ހޯދައިދިނުމެވެ.

މިއަހަރު ޖޮބް ފެސްޓިވަލް ބާއްވަން ހަމަޖެހިފައިވަނީ މެއިމަހުގެ 22 އަދި 23 ވަނަ ދުވަހު އެވެ. މި މައުރަޒަކީ ރާއްޖޭގައުިު ވަޒީފާ އުފައްދާ ފަރާތްތަކާއި ވަޒީފާ ދޭ ފަރާތްތަކާއި ދަސްވެނިވަމުންދާ ދަރިވަރުންނާއި ވަޒީފާ ހޯދައި ފަރާތްތަކަށް އެކި ކަހަލަ ފަންނީ ހުނަރުވެރި ދާއިރާތަކުން ކުރިއަށްދާން ބޭނުންވާ ފަރާތްތަކާއި ގުޅުވާލައިދޭ ބާޒާރެކެވެ.

މިދިޔަ އަހަރު އެމްއެންޔޫ ކުޅުދުއްފުށީ ކެމްޕަހުގައި ކުރިއަށްގެންދިޔަ ޖޮބް ފެސްޓިވަލަށްވެސް ބޮޑު ތަރުހީބެއް ލިބިގެންދިޔަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355