twitterviber whatsapp telegramfacebookyoutube instagram
25th September 2025

ކުޅުދުއްފުއްޓަށް އިތުރު ސިޔާސީ މަގާމުތަކެއް

އަބްދުލް ވާހިދު ޙަސަން
Sep 24, 2025

ކުޅުދުއްފުއްޓަށް އިތުރު ސިޔާސީ މަގާމުތަކެއް އުފައްދައި އެ މަގާމުތަކަށް ބޭފުޅުން އަންޔަނުކުރައްވައިފި އެވެ.

އެގޮތުން މި ސެޕްޓެމްބަރުމަހު ހަތަރު މިނިސްޓްރީއަކަށް 7 ބޭފުޅުން އަންޔަނުކުރެއްވި އެވެ. އެއީ މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަމަންޓްގެ އެންޑް ޕަބުލިކް ވާރކްސްއަށް ތިން ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރަކާއި ޕޮލިޓިކަލް ޑިރެކްޓަރެކެވެ.

އެ ބޭފުޅުންނަކީ ފާރޫޤް މުހައްމަދާއި އަސްލަމް މުހައްމަދު އާއި ހަސަން އަލީ އެވެ. މި ތިން ބޭފުޅުން އަންޔަނު ކުރެއްވި އެ މިނިސްޓްރީގެ ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރުންގެ މަގާމަށްށެވެ. އަދި ޕޮލިޓިކަލް ޑިރެކްޓަރުގެ މަގާމަށް އަންޔަނުކުރެއްވީ އަހުމަދު އަހުސަނެވެ. ފާރޫޤަކީ ކުޅުދުއްފުށީގެ ކައުންސިލްގެ ކުރީގެ ނައިބު ރައީސްކަމުގެ މަގާމު އަދާކުރެއްވި ބޭފުޅެކެވެ.

އަސްލަމް މީގެ ކުރިން މަސައްކަތްކުރެއްވީ ހަނިމާދޫގައި ހުންނަ މޫސުމާ ބެހޭ އިދާރާގަ އެވެ. އެކަމަކު އޭގެ ފަހުން ކުޑަ ދުވަސްކޮޅަކު އައިލެންޑް ބެވަރެޖް މޯލްޑިވްސްގައިވެސް މަސައްކަތްކުރެއްވި އެވެ.

މި ހަތަރު ބޭފުޅުންވެސް މަސައްކަތްކުރައްވާނީ މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަމަންޓް އެންޑް ޕަބްލިކް ވާރކްސްގެ ކުޅުދުއްފުށީގައި ހުންނަ ޕަބުލިކް ވާރކްސް އޮފީހުގަ އެވެ.

މީގެ އިތުރުން މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަންއަށް ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރުގެ މަގާމަށް އަހުމަދު އަލީ (ބެއްކެ) އަންޔަނުކުރެއްވި އެވެ. އޭނާ މީގެ ކުރިން އުޅުންވީ ފެނަކަ ކޯޕަރޭޝަންގަ އެވެ.

އަދި މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސްގެ ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރުގެ މަގާމަށް އަލީ އަހުސަން މުހައްމަދު އަންޔަނުކުރެއްވިއިރު މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސްގެ ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރުގެ މަގާމަށް އަންޔަނުކުރެއްވީ އަހުމަދު ނަބީލް އިސްމާއިލެވެ.

އަހުސަން އަކީ ޕީއެންސީގެ ކުޅުދުއްފުށީ ދެކުނު ދާއިރާގެ ޒުވާނު ކޮމެޓީގެ ރައީސްވެސްމެ އެވެ. އަހުސަން އަލީ މުހައްމަދަކީ މި ސަރުކާރު ގެނައުމަށް ގިނަ މަސައްކަތްތަކެއް ކުރެއްވި ޒުވާނެކެވެ. އޭނާ އެންމެފަހުން މަސައްކަތްކުރެއްވީ ކުޅުދުއްފުށީ ޕޯޓްގެ އޮޕަރޭޓަރެއްގެ މަގާމުގަ އެވެ.

މި ހުރިހާ ބޭފުޅުންވެސް މަސައްކަތްކުރައްވާނީ ކުޅުދުއްފުށީގަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355