twitterviber whatsapp telegramfacebookyoutube instagram
8th November 2026

ހދ ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓްގެ މަގާމަށް ބޭފުޅަކު އައްޔަންކުރައްވައިފި

އަބްދުލް ވާހިދު ޙަސަން
Sep 28, 2025

ހދ ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓްގެ މަގާމަށް ބޭފުޅަކު އައްޔަނުކުރައްވައިފި އެވެ.

އެ މަގާމަށް އަންޔަނުކުރެއްވީ ވަގުތީ ގޮތުން ހދ ޖުޑީޝަލް ދާއިރާ ހިންގުމާ ހަވާލުވެހުންނެވި ކުޅުދުއްފުށީ/ ނޫރަންގެ، އަލްއުސްތާޒް މުހައްމަދު އިސްމާއިލެވެ.

ޖުޑިޝަލް ސާވިސް ކޮމިޝަނުން މިއަދު ބުނީ، މުހައްމަދު އިސްމާއިލް އެ މަގާމަށް އަންޔަނުކުރެއްވީ، އެ މަގާމަށް ހުޅުވާލި ފުރުސަތުގައި ކުރިމަތިލެއްވި ފަރާތްތަކާ އިންޓަވިއުކުރުމަށްފަހު ކަމަށެވެ.

އޭނާއަށް މަގާމުގެ ފަތްކޮޅު އެރުވީ މިއަދު އެ ކޮމިޝަނުގައި ބޭއްވި ރަސްމިއްޔާތެއްގައި ޖޭއެސްސީގެ ރައީސް އަލްއުސްތާޒް ހުސެއިން ރިޒާ އާދަމެވެ.

މުހައްމަދު އިސްމާއިލްއަކީ ދިވެހި ރާއްޖޭގެ ގައުމީ ޔުނިވާސިޓީއިން ބެޗްލަރ އޮފް ޝަރިއާ އެންޑް ލޯ ވިތް އޮނަރސް ގާސިލްކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ ފަނޑިޔާރުކަމަށް އައްޔަނުކުރީ 2020 ވަނަ އަހަރު އެވެ. އޭގެ ކުރިން މުހައްމަދު އިސްމާއިލް މަސައްކަތްކުރެއްވީ ސިވިލް ކޯޓްގެ ލީގަލް އޮފިސަރެއްގެ ގޮތުގައި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293