އުރީދޫ މޯލްޑިވްސްގެ ކްލަބް ޕްރިމިއާ ގޯލްޑް އަދި ޕްލެޓިނަމް މެމްބަރުންނަށް ހިލޭ ޕްރިއޯރިޓީ ޕާސް މެމްބަޝިޕްގެ ދަށުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި 1300 އަށް ވުރެ ގިނަ އެއާޕޯޓް ލައުންޖްތަކަށް ވަނުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
މިއީ އުރީދޫގެ ކަސްޓަމަރުންނަށް ދަތުރުތަކުގައި ލުއިފަސޭހަ އަދި ލަގްޒަރީ ގޮތްތަކެއް ފަހިކޮށްދީ، ލޯޔަލްޓީގެ އަގު ވަޒަން ކުރުމުގެ ގޮތުން ފޯރުކޮށްދޭ ޚިދުމަތެކެވެ.
ކްލަބް ޕްރިމިއަރ ގޯލްޑް ނުވަތަ ޕްލެޓިނަމް މެމްބަރެއްގެ ގޮތުގައި ތިން މަސް ދުވަސް ދެމިހުންނަ ފަރާޓްތަކަށް ޕްރިއޯރިޓީ ޕާސް ނެގޭނެއެވެ.
ޕްރިއޯރިޓީ ޕާސް އެކްޓިވޭޓް ކުރުމުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހުންނަ ލައުންޖުތަކަށް ވަދެވޭނެ އެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ލައުންޖް އެކްސެސް ކުރުމުގެ އިތުރުން، ކްލަބް ޕްރިމިއަރ މެމްބަރުންނަށް ރާއްޖޭގެ އެކި ކެފޭ، ރެސްޓޯރަންޓް، ފިހާރަ ފަދަ ގިނަ ތަންތަނުން ލިބޭ ހާއްސަ ޑީލްތަކުން ވެސް ފައިދާ ލިބި، ކަސްޓަމަރުންނަށް ހާއްސަ އަގުތަކެއް ލިބިގެންދާނެ އެވެ.
ގޯލްޑް އަދި ޕްލެޓިނަމް ކްލަބް ޕްރިމިއަރ މެންބަރުންނަށް ޕްރިއޯރިޓީ ޕާސް ލިބުމަކީ ކަސްޓަމަރުންނަށް ލިބެމުންދާ ބެނެފިޓްސް އާއީ ފައިދާތައް އިތުރަށް ފުރިހަމަވެގެންދާ ކަމެކެވެ. އުރީދޫ މޯލްޑިވްސް އިން މަސައްކަތް ކުރަމުންދަނީ ރައްޔިތުން ގުޅުވައިދިނުމުގެ އިތުރަށް، ދިރިއުޅުމުގެ އެކި ކަންކަމުގައި ފުރިހަމަ އެކްސްޕީރިއަންސް ފޯރުކޮށްދީ، އަޅުގަނޑުމެންގެ ކަސްޓަމަރުންގެ އަގު ވަޒަންކުރުމަށެވެ.
ޕްރިއޯރިޓީ ޕާސް އެކްޓިވޭޓް ކުރުމަށް ސޯޝަލް މީޑިއާ ނުވަތަ ލައިވް ޗެޓް މެދުވެރިކޮށް އުރީދޫ ކަސްޓަމަރ ސާވިސް އަށް މެސެޖުކޮށްލާށެވެ.