twitterviber whatsapp telegramfacebookyoutube instagram
11th February 2026

ހދ އަތޮޅު ކައުންސިލަށް އަލަށް އިންތިހާބުކުރި ނަޞްރުﷲ އިސްމާއީލް މެމްބަރުކަމުގެ ހުވާކޮށްފި

Jun 14, 2011

އިބްރާހިމް ހަމީދު

ހދ އަތޮޅު ކައުންސިލަށް ކުޅުދުއްފުށީ އުތުރު ދާއިރާއިން އިންތިހާބުކުރި އެމްޑީޕީގެ ކެނޑިޑޭޓު ނަޞްރުﷲ އިސްމާއީލް ކައުންސިލު މެމްބަރުކަމުގެ ހުވާކުރުމުގެ ރަސްމިއްޔާތު މިއަދު ބާއްވައިފިއެވެ.

މިއަދު ހަވީރު ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުގައި ހުވާކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ނަޞްރުﷲ އިސްމާއީލަށް ހުވާލައިދެއްވީ ކުޅުދުއްފުށީ ކޯޓުގެ މެޖިސްޓްރޭޓް ޢަލީ އާދަމެވެ. އެއަށްފަހު ހުވާގެ އިގުރާރުގައި ނަޞްރުﷲ ވަނީ ސޮއިކުރައްވާފައެވެ.

މިރަސްމިއްޔާތުގައި ހދ.އަތޮޅު ކައުންސިލްގެ ނާއިބު ރައީސް އަހްމަދު ހަލީލު އާއި އެކައުންސިލްގެ މެމްބަރުންގެ އިތުރުން ކުޅުދުއްފުށީ ރަށު ކައުންސިލްގެ ނާއިބު ރައީސް ފާރޫގު މުހައްމަދާއި އެކައުންސިލްގެ މެމްބަރުން ބައިވެރިވިއެވެ.

ހދ އަތޮޅު ކައުންސިލުން ހުސްވެފައިވާ ގޮނޑިއަށް މެމްބަރަކު އިންތިހާބު ކޮށްފައިވަނީ މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ބައި އިލެކްޝަނުގައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355