ކަށިމިޔަރު ކިރުން ނުވަތަ ލޭންޑްކުރާ އެއް ބަނދަރަކީ ކުޅުދުއްފުށި ސިޓީ ކަމަށް ކަނޑައަޅައި ކަށިމިޔަރުގެ މަސްވެރިކަށް ސަރުކާރުން ހުޅުވާލައިފި އެވެ.
ސަރުކާރުން ވަނީ ކަށިމިޔަރުގެ މަސްވެރިކަން މެނ ޖުކުރުމު ގެ ޕްލޭންގެ ނަމުގައި ގަވައިދެއް މިއަދު ގެޒެޓްކޮށްފަ އެވެ. އެއަށް އަމަލުކުރަން ފަށާފައިވަނީ މިއަދުން ފެށިގެންނެވެ.
ކުޅުދުއްފުށީގައި ފުޅާ ގޮތެއްގައި މިޔަރުގެ މަސްވެރިކަން ކުރި އެވެ. ރަށުގެ އިގްތިސޯދަށް އެންމެ ބޮޑަށް އެ މަސްވެރިކަމަށް ބަރޯސާވެފައި އޮތްއިރު އެކަމުން ގިނަ އާއިލާތަކަކުން އާމްދަނީ ހޯދި އެވެ. ނަމަވެސް، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އެ މަސްވެރިކަން ރާއްޖޭގައި މަނާކުރި އެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުން ފެށިގެން މިއަދާ ހަމައަށް މަނާކޮށްފައި އޮތް މިޔަރުގެ މަސްވެރިކަން، މެނޭޖްމެންޓް ޕްލޭނެއްގެ ދަށުން މި ފެށޭ ނޮވެމްބަރު މަހުން ފެށިގެން ހުޅުވާލަން ނިންމިކަން ސަރުކާރުން މިދިޔަ އޮގަސްޓް މަހު އިއުލާންކުރި އެވެ. އެ ނިންމުމާ އެކު ތިމާވެށި ހިމާޔަތްކުރުމަށް ވަކާލާތުކުރާ 60 ޖަމިއްޔާއަކުން ވަނީ މި މަސްވެރިކަން ހުޅުވާނުލުމަށް ސަރުކާރަށް ގޮވާލައިފަ އެވެ.
ނަމަވެސް ސަރުކާރުން މިއަދު ވަނީ 'ކަށިމިޔަރުގެ މަސްވެރިކަން ރާވާ ހިންގައި ބެލެހެއްޓުމާ ބެހޭ ގަވައިދު' ގެޒެޓްކޮށް، ކަށިމިޔަރުގެ މަސްވެރިކަން ރާއްޖޭގައި ހުއްދަކޮށްފަ އެވެ.
ކަށިމިޔަރުގެ މަސްވެރިކަން ކުރެވޭނެ ގޮތާއި މަސްވެރިކަމާ ގުޅުންހުރި ހަރަކާތްތައް ރާވައި ހިންގާ އުސޫލުތައް ގަވައިދުގައި ކަނޑައަޅައި، އެކަންކަން ތަންފީޒުކުރަން ފިޝަރީޒް މިނިސްޓްރީއާ ވަނީ ހަވާލުކޮށްފަ އެވެ.
ގަވައިދު އޮތް ގޮތުން މަސްވެރިކަން ކުރުމަށް ލައިސަންސް ދޫކުރާނީ އެންމެ ގިނަ ވެގެން 40 އުޅަނދަށެވެ. އަދި އެއަށްވުރެ އިތުރަށް ހުށަހަޅައިފި ނަމަ، އިސްކަން ދޭނީ ހުށަހެޅި ތަރުތީބުންނެވެ. މިފަހަރު ދޫކުރާ ލައިސަންސްގެ މުއްދަތަކީ މި ނޮވެމްބަރު މަހުން ފެށިގެން އަންނަ އަހަރުގެ އޮކްޓޫބަރު މަހުގެ ނިޔަލަށެވެ.
ގަވައިދުގައި ބުނީ ކަށިމިޔަރުގެ މަސްވެރިކަމާއި ކަށިމިޔަރުގެ މަސްވެރިކަމުގެ ވިޔަފާރީގެ ހަރަކާތްތައް ހަރުދަނާ ނިޒާމެއްގެ ތެރެއިން މޮނިޓަރކޮށް ބެލެހެއްޓުމަށް ޓަކައި ކަށިމިޔަރުގެ މަސްވެރިކަމުގައްޔާއި ކަށިމިޔަރުގެ މަސްވެރިކަމުގެ ވިޔަފާރީގައި ހަރަކާތްތެރިވަމުންދާ ފަރާތްތަކުން ލައިސެންސްއެއް ނަގަން ޖެހޭނެ ކަމަށެވެ. އެއީ؛
- ކަށިމިޔަރުގެ މަސްވެރިކަންކުރާ އުޅަނދުފަހަރު
- ކަށިމިޔަރު ގަނެ ސަޕްލައިކުރުމުގައި ހަރަކާތްތެރިވާ މެދުވެރިން
- ޕްރޮސެސްކުރުމުގައި ހަރަކާތްތެރިވާ ފަރާތްތައް
ގަވައިދުގައިވާ ގޮތުން ބުޅީގައި ޖެހޭ ކަށިމިޔަރު ބަނދަރަށް ގެންނައިރު ހުންނަންވާނީ މިޔަރުގެ އެއްވެސް ބައެއް އޭގެ ހަށިގަނޑުން ވަކިނުކޮށެވެ.
އަދި ބަނދަރަށް ގެނައުމުގެ ކުރީގައި ޕްރޮސެސްކުރުމުގެ އެއްވެސް ހަރަކާތެއް ހިންގުމަކީ މަނާކަމެއްގެ ގޮތުގައި ކަނޑައެޅޭނެއެވެ.
މިޔަރު ކިރުން ނުވަތަ ލޭންޑްކުރެވޭނެ ހަތަރު ބަނދަރެއް ވެސް ވަނީ ކަނޑައަޅައިފަ އެވެ. އެއީ؛
- ހދ. ކުޅުދުއްފުށި
- ށ. ފުނަދޫ
- ރ. މަޑުއްވަރި
- އއ. ހިމަންދޫ
ކަށިމިޔަރުގެ މަސްވެރިކަމުގެ އެއްވެސް ހަރަކާތެއް އެތެރެވަރީގައި ނުހިންގޭނެ އެވެ. އަދި އެފަދަ ހަރަކާތްތައް ހިންގުމަށް ހުއްދަ ދެވޭނ،ީ ހަމައެކަނި އަތޮޅު ދުނިން ބޭރުގެ ސަރަހައްދުތަކުގައެވެ.
އަދި މި މަސްވެރިކަމުގައި ކަށިމިޔަރު ފިޔަވައި ހިފޭ އެއްވެސް ބާވަތެއްގެ ދިރުމެއް (ބައިކެޗް) އެއްވެސް ގޮތަކަށް އުޅަނދުގައި ބެހެއްޓުމާއ،ި ރައްކައުކުރުމާއ،ި ކަނޑުގައި ދުއްވާ އެހެން އުޅަނދަކަށް ގެންދިއުން )ޓްރާންޝިޕްކުރުން)، ނުވަތަ ލޭންޑިން ފެސިލިޓީއަކަށް ނުވަތަ އެއްގަމަށް ގެންދިއުން އަދި ގަނެވިއްކުން ވެސް ވަނީ މަނާކޮށްފަ އެވެ.
ގަވައިދުގައި ބުނީ ކަށިމިޔަރުގެ ހަޔަވިއްޔާތަށް ރިއާޔަތްކޮށް އަދި މި މަސްވެރިކަން އެންމެ ފުޅާކޮށް ރާއްޖޭގައި ކުރެވުނު ދުވަސްވަރު މަހުގެ އާބާދީ
ހީނަރުވެގެން ގޮސްފައިވާ ގޮތުގެ މައްޗަށް ބަލައ،ި މި މަސްވެރިކަމުގެ ހަރަކާތްތައް ވަކި މިންވަރަކަށް މަހުދޫދުކުރުމަކީ މުހިންމުކަމެއް ކަމަށެވެ. އެގޮތުން ކޮންމެ އަހަރަކު ހަތް މަސްދުވަހަށް ވުރެ ދިގު ނޫން މުއްދަތަކަށް ކަށިމިޔަރުގެ މަސްވެރިކަންކުރެވޭނެ ވަކި ދުވަސްވަރެއް ކަނޑައަޅާނެ ކަަމަށް ގަވައިދުގައިވެ އެވެ.




