twitterviber whatsapp telegramfacebookyoutube instagram
6th November 2025

ކުޅުދުއްފުށީގައި އިސްލާމީ މަރުކަޒެއް އިމާރާތްކުރަން ހަވާލުކޮށްފި

އަބްދުލް ވާހިދު ޙަސަން
Nov 6, 2025

ކުޅުދުއްފުށީ ސިޓީގައި އިސްލާމީ މައުރަޒެއް އިމާރާތްކުރަން ވޭވް ލެންތު ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފި އެވެ.

މި މަޝްރޫއުގައި ސޮއިކުރެއްވީ، ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން ކުރިއަށްގެންދިޔުމަށް އަމިއްލަ ކުންފުނިތަކާ ހަވާލުކުރުމަށް މިހާރު ކުރިއަށްދާ ރަސްމިއްޔާތުގަ އެވެ.

މި ރަސްމިއްޔާތުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓަރު އަލީ އިހުސާން އެވެ.

ކުޅުދުއްފުށީގައި އިމާރާތްކުރަން ހަވާލުކުރި އިސްލާމީ މައުކަޒުގެ އަގާއި ޑިޒައިން އަދި ހާމަކުރައްވާފައެއްނުވެ އެވެ.

އިސްލާމިކް ސެންޓަރުގައި ޒަމާނީ ކުލާސް ރޫމާއި އިސްލާމީ ލައިބުރަރީ އަދި އޮފީސް ބަޔަކާއި ކޮންފަރެންސް ހޯލެއް ހިމެނޭކަމަށް މިނިސްޓްރީން ހާމަކުރެ އެވެ.

މިއަހަރުގެ މެއިމަހު މޭޔަރު އާތިފު މާލެއަށް ކުރެއްވި ދަތުރުފުޅުގައި އިސްލާމިކް މިނިސްޓަރު ޑރ ޝަހީމު އާއި ބައްދަލުކުރައްވާ ކުޅުދުއްފުށީގައި އިސްލާމީ މަރުކަޒަކާއި އިސްލާމިކް ޔުނިވާސިޓީގެ ގޮއްޕެއް ގާއިމުކޮށްދިނުމަށް އެދިވަޑައިގެންނެވި އެވެ.

އޭގެ ފަހުން ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު އޮގަސްޓްމަހު ކުޅުދުއްފުއްޓަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވައި އިސްލާމީ މަރުކަޒެއް އަޅާނެކަން އިއުލާނުކުރެއްވި އެވެ.

ކުޅުދުއްފުށީ ލޭންޑްޔޫސް ޕްލޭންގައި އިސްލާމީ މަރުކަޒެއް އަޅަން ބިން ކަނޑައަޅާފައިވަނީ ބީޗު ހޭންޑްބޯލް ސްޓޭޑިއަމްގެ ދެކުނުން އޮންނަ ހުސްބިމުގަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355