twitterviber whatsapp telegramfacebookyoutube instagram
20th August 2026

މައްކާގެ ގުރުއާން މުބާރާތުން ހަތަރުވަނަ ދިވެހި ދަރިވަރަކަށް

ނަބީލާ އިސްމާޢީލް
Aug 20, 2026

މައްކާގައި ބާއްވަމުން އަންނަ ދުނިޔޭގެ އެންމެ ބޮޑު ގުރްއާން ހިތުން ކިޔެވުމުގެ މުބާރާތުގައި ދިވެހި ދަރިވަރަކު ހަތަރު ވަނަ ހޯދައިފިއެވެ.

ގުރުއާން ހިތުން ކިޔެވުމުގެ ގޮފިން ހަތަރު ވަނަ ހޯދީ މއ. އަސާސް، އަލްޙާފިޒާ ފާތިމަތު ޝާޔާ ޒާހިރެވެ.

ޝާޔާގެ މި ކާމިޔާބީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވަނީ ފާހަގަކުރައްވައިފައެވެ. ޝާޔާގެ މި މި ވަނައިގެ އިނާމަކަށް 170000 ރިޔާލް ކަނޑައެޅިފައި ވެއެވެ. މިއީ 46 އަހަރުވަންދެން ދުނިޔޭގައި ބާއްވަމުންދާ އެންމެ ބޮޑު ގުރުއާން މުބާރާތެވެ.

މި ފަހަރުގެ މުބާރާތުގައި 133 ގައުމުން ބައިވެރިއެވެ. މިއީ މި މުބާރާތުގެ ތާރީހުގައި އަންހެން ކުދިން މި މުބާރާތުގައި ބައިވެރިވި ފުރަތަމަ ފަހަރެވެ. މީގެ ކުރީން އަންހެން ކުދިންގެ ގޮތްޕެއް މި މުބާރާތުގައި ނޯވެއެވެ.

މުބާރާތުގެ ނަތީޖާ ފާޅުކުރީ ރޭ ހަރަމްފުޅުގައި ބޭއްވި ހާއްސަ ހަފްލާއެއްގައެވެ. މިޖަލްސާ ޝަރަފްވެރިކޮށްދެެއްވީ މައްކާގެ އަމީރުގެ ނައިބު ޕްރިންސް ސުއޫދު ބިން މިޝްއަލް ބިން ޢަބްދުލްއަޒީޒެވެ. މީގެ އިތުރުން މިޖަލްސާގައި ސައުދީ އިސްލާމިކް މިނިސްޓަރާއި ހަރަމްފުޅުގެ އިމާމު ޝައިހު ޑރ އަބްދުއްރަޙްމާނުއް ސުދައިސް ބައިވެވަޑައިގަތެވެ. މިޖަލްސާގައި ހާއްސަ މެހްމާނެއްގެ ހައިސިއްޔަތުން ބައިވެރިވުމުގެ ޝަރަފް ޝަހީމަށްވެސް ލިބިވަޑައިގަތެވެ.

ޝަހީމް ވިދާޅުވީ ރާއްޖެ ތަމްސީލު ކުރި ބައިވެރިއަކަށް މި މުބާރާތުން ވަނައެއް ލިބުމަކީ ރާއްޖެއަށް ލިބުނު ޝަރަފެއް ކަމަށެވެ.

ސައޫދީ އިސްލާމިކް މިނިސްޓަރ ޑރ އަބްދުއްލަޠީފް އާލުއްޝައިޚު ވަނީ ޝާޔާއާއި އޭނާގެ ބެލެނިވެރިންގެ ގާތަށް ވަޑައިގެން ތަހުނިޔާ ދަންނަވައި ހިތްވަރު ދެއްވައިފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355