އެންްޓުރެޕްރެނާސް ކޮންފްލޫއެންސް މިފަހަރު ކުޅުދުއްފުށީގައި
ބިޒްނަސް ސްކޫލް ސްޓޫޑެންޓް އެސޯސިއޭޝަން އިން ބާއްވާ އެންްޓުރެޕްރެނާސް ކޮންފްލޫއެންސް މިފަހަރު ކުޅުދުއްފުށީގައި ބާއްވަން ހަމަ ޖެހިއްޖެއެވެ.
އެންްޓުރެޕްރެނާސް ކޮންފްލޫއެންސްއަކީ ދިވެހިރާއްޖޭގެ ޔުނިވާސިޓީގެ ގޮފި، އެމްއެންްޔޫ. ބިޒްނަސް ސްކޫލް ސްޓޫޑެންޓް އެސޯސިއޭޝަން އިން ދަރިވަރުންގެ ޔޫނިއަންގެ ކުޅުދުއްފުށީ ކެމްޕަހުގައި ގާއިމްކުރެވިފައިވާ ގޮފި ގުރުޒު އާއި ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ އިތުރުން ގައުމީ ޔުނިވާސިޓީގެ ކުޅުދުއްފުށި ކެމްޕަހާއި ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އާއި ގުޅިގެން ކުޅުދުއްފުށި ކުރިއަށްގެންދާ ހަރަކާތެކެވެ.
މި ހަރަކާތަކީ ހއ، ހދ އަދި ށ އަތޮޅު ރަށްތަކުގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށާއި އަމިއްލަ ވިޔަފާރީ ކުރަން ޝައުޤުވެރިކަން ހުންނަ ފަރާތްތަކަށް ރަށުގައި ވިޔަފާރިީ ފަށައި ކައިރި އަތޮޅުތަކަށް ފުޅާ ކުރުމަށް އެއްބާރުލުންދިނުމުގެ މަގުސަދުގައި ކުރިއަށް ގެންދާ ހަރަކާތެކެވެ.
މި ކޮންފްލޫއެންސް ކުރިއަށްދާނީ ހދ އަތޮޅު ތައުލީމީ މަރުކަޒުގެ ހޯލާއި ކުޅޭ ބިމުގަ އެވެ.
އެގޮތުން ނޮވެމްބަރު މަހުގެ 21 އަދި 22 ވަނަ ދުވަހު ކުރިއަށް ގެންދާ މިހަރަކާތުގައި «» ޕެނަލް ޑިސްކަޝަނަކާއި ކޮންޓެންޓް މާކެޓިންގް ސެޝަނެއްގެ އިތުރުން ކާމިޔާބު ވިޔަފާރިވެރިންގެ ވާހަކަތައް ހިއްސާ ކުރެވިގެންދާނެއެވެ.
މިހަރަކާތް ކުރިއަށްދާއިރު ހއ ހދ އަދި ށަވިޔަނި އަތޮޅުގެ ކުދި ވިޔަފާރިވެރިންނާއި އެބޭފުޅުންގެ ވިޔަފާރީއާއި އަމިއްލަ އުފެއްދުންތައް ދައްކާލުމަށް ސްޓޯލްތައް ހެދުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ. ސްޓޯލްގެ ޖާގަ ޔަގީންކުރުމަށް ތިރީގައިވާ ލިންކް މެދުވެރިކޮށް ރަޖިސްޓްރީ ކުރެވޭނެއެވެ.
https://forms.gle/w8VC9MLxs39YcoyV8




