އުރީދޫ ފިންޓެކް މޯލްޑިވްސް އިން އީޒަޕްއާއެކު އާ ޕާޓްނާޝިޕެއް ގާއިމްކޮށް އިއުލާނު ކޮށްފި އެވެ. މި ޕާޓްނަރޝިޕްގެ ދަށުން އީޒަޕް ބޭނުންކުރާ ފަރާތްތަކަށް ޑިސެމްބަރު 1، 2025 އިން ފެށިގެން އެމްފައިސާ މެދުވެރިކޮށް ރައްކާތެރި އަދި މެދުނުކެނޑި ޑިޖިޓަލް ޕޭމަންޓްތައް ކުރެވޭނެއެވެ.
އެމް-ފައިސާ އަކީ ރާއްޖޭގައި އެންމެ އިތުބާރުކުރެވޭ ޑިޖިޓަލް ޕޭމަންޓް ސޮލިއުޝަންތަކުގެ ތެރޭގައި ހިމެނޭ ޑިޖިޓަލް ވޮލެޓެކެވެ. އީޒަޕްގެ އިންޓެގްރޭޝަން އަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޑިޖިޓަލް ހިދުމަތް ފޯރުކޮށްދިނުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.
މި ޕާޓްނަރޝިޕްއާ ގުޅޭގޮތުން ވާހަކަދައްކަވަމުން އުރީދޫ ފިންޓެކް މޯލްޑިވްސްގެ ސީސީއޯ ހުސައިން ނިޔާޒް ވިދާޅުވީ ތަސައްވުރަކީ ޑިޖިޓަލް ޕޭމަންޓްގެ ހިދުމަތް މުޅި ރާއްޖެއަށް ފޯރުކޮށްދިނުން ކަމަށެވެ.
"އީޒަޕްއާ އެކު ޕާޓްނަރޝިޕް ހެދުމަކީ އެމްފައިސާ މެދުވެރިކޮށް އަވަސް، ރައްކާތެރި އަދި އިތުބާރު ހިފޭ ޑިޖިޓަލް މުއާމަލާތްތައް ގިނަ ބަޔަކަށް ފޯރުކޮށްދިނުން. މި އެއްބަސްވުމަކީ އީޖާދީ އުފެއްދުންތަކުގެ މައްޗަށް ބިނާކޮށް ސްމާޓް، ކަނެކްޓެޑް ޑިޖިޓަލް މޯލްޑިވްސްއެއް ބިނާކުރުމަށް އަޅުގަނޑުމެން ކުރާމުންދާ މަސައްކަތުގެ މުހިންމު ބޮޅެއް." ނިޔާޒު ވިދާޅުވި އެވެ.
"އީޒަޕްގައި އަބަދުވެސް އަޅުގަނޑުމެންގެ ފޯކަސް ހުރީ ކަސްޓަމަރުންގެ އާންމު ދިރިއުޅުން ފަސޭހަކޮށްދިނުމަށް. އެމްފައިސާ އިންޓެގްރޭޓް ކުރުމާއެކު ފަސޭހަ، ރައްކާތެރި އަދި ހަރުދަނާ ޕޭމަންޓް އޮޕްޝަނެއް ކަސްޓަމަރުންނަށް ފޯރުކޮށްދެވެއެވެ. އުރީދޫ ފިންޓެކް މޯލްޑިވްސްއާ އެކު ޕާޓްނަރޝިޕް ހެދުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް." އީޒަޕްގެ ސީއީއޯ އަދި ސީއެފްއޯ އަބްދުالله މިއުވާން ޝަރީފް ވިދާޅުވި އެވެ.
މި ޕާޓްނަރޝިޕްގެ ސަބަބުން ރާއްޖެއަކީ ކޭޝްލެސް މުސްތަޤްބަލަށް ވާސިލުވެ، ޔުނިވާރސަލް ޑިޖިޓަލް އެކްސެސް އިތުރުކޮށް، ފައިނޭންޝަލް އިންކްލޫޝަން އިތުރުކުރުމަށް މަގުފަހިވެގެންދާނެއެވެ. އެމްފައިސާގެ މުއާމަލާތްތަކަކީ ފަސޭހަ، ރައްކާތެރި އަދި އިތުބާރު ހިފޭ މުއާމަލާތެއްކަން ކަށަވަރު ކުރެވެ އެވެ.




