twitterviber whatsapp telegramfacebookyoutube instagram
4th December 2025

ގަލަދުން ޕާރކާއެކު އިރުމައްޗަށް އުފާވެރިކަން

އަބްދުލް ވާހިދު ޙަސަން
Dec 4, 2025

ސިޓީ ކައުންސިލުން ކުޅުދުއްފުށީ އިރުމަތި ފަރާތްތަކުގައި ތަރައްގީކޮށް ހުޅުވި 'ގަލަދުން ޕާރކާ'އެކު އެ ސަރަހައްދުގެ ރައްޔިތުންނަށް އުފާވެރިކަން ގެނެސްދީފި އެވެ.

2.6 މިލިއަން ރުފިޔާ ހަރަދުކޮށް ސިޓީ ކައުންސިލުން ތަރައްގީކުރި މި ޕާރކް ހުޅުވައިދެއްވީ މިއަދު އެކަމަށްޓަކާ އެތަނުގައި ބޭއްވި ހަފުލާގައި މޭޔަރު އާތިފު އާއި ކުޅުދުއްފުށީ ސްކޫލްތަކުގެ ކެޕްޓަނުންނެވެ.

ވިޔަފާރީގެ ހަރަކާތްތަކާއި ބިމުގެ އަގު ކުޑަ، އެ ސަރަހައްދުގެ ރައްޔިތުންގެ އެންމެ ބޮޑަށް ކައުންސިލުގައި އެދެމުންދިޔައީ އެ ސަރަހައްދަށް ދިރުން ގެނެސްދީ އެ ސަރަހައްދުގެ ހަރަކާތްތައް އިތުރުކޮށް ކޮށްދިނުމަށެވެ. އެހެންވުމުން އެކަހެރިކޮށް އޮތް އެ ސަރަހައްދަށް ދިރުން ގެންނަން ކައުންސިލް ލެވެލްގައި ކުރި މަސައްކަތް މިއަދުގެ ރަސްމިއްޔާތުގައިވެސް މޭޔަރު އާތިފު ވިދާޅުވެދެއްވި އެވެ.

އެގޮތުން މޭޔަރު ވިދާޅުވީ، އެ ސަރަހައްދުގައި އޮތް ކުނިގޮނޑު ނަގައި މަގުފުޅާކޮށް ވެހިކަލްތަކަށް ފަސޭހައިން ދުއްވޭނެ އިންތިޒާމު ހަމަޖައްސައި، އަންހެނުގެ ޕާރކާއި ޓިވެޓް ސެންޓަރުގެ ބިން އެ ސަރަހައްދަށް ހާއްސަކުރި ކަމަށެވެ. އަދި މިއަދު ހުޅުވިގެންދާ ގަލަދުން ޕާރކާއެކުވެސް ސަރަހައްދުގެ ހަރަކާތްތައް އިތުރުކުރެވޭނެ ކަމަށް މޭޔަރު ވިދާޅުވި އެވެ.

ގަލަދުން މިނަމަކީ އެސަރަހައްދަށް ނިސްބަތްކޮށް ކުރީޒަމާނުގައި ކިޔައިއުޅުނު ނަމެކެވެ. ގަލަދުން ޕާރކު ތަރައްގީކޮށްފައިވަނީ ތަފާތު ގިނަ ބައިތަކެއް ހިމަނައިގެންނެވެ. އެގޮތުން:

- ކުޑަކުދިންނަށް ހާއްސަކުރެވިފައިވާ ކުޅޭއޭރިޔާއަކާ.

- ކުދި ކުދި ހަފުލާތަކަށް ހާއްސަކުރެވިގެން ތަރައްޤީކުރެވިފައިވާ (125 މީހުންގެ ޖާގައިގެ) އޯޕަން ސްޓޭޖް އަކާ.

- އާއިލީ އެއްވުންތަކަށް ހާއްސަކުރެވިފައިވާ 2 މައިޒާނަކާ.

- ޕާރޓީތަކަށް ހާއްސަ ޕެވީލިއަނެއްގެ އިތުރުން ސްޓޯރޫމަކާއި އެކު ފާހާނާ ބްލޮކް ހިމެނޭ ގޮތަށެވެ.

މިޕާރކުގެ ކުޑަކުދިންގެ ކުޅޭ ސަރަހައްދުގައި ހިމެނޭ ތަފާތު ކުޅިވަރު އާލާތްތަކަކީ އިންޑިޔާ ސަރުކާރުން ކައުންސިލަށް ހަދިޔާކޮށްފައިވާ ތަކެއްޗެވެ.

މިޕާރކުގެ ކުޑަކުދިންގެ ކުޅޭ ސަރަހައްދުގައި ހިމެނޭ ތަފާތު ކުޅިވަރު އާލާތްތަކަކީ އިންޑިޔާ ސަރުކާރުން ކައުންސިލަށް ހަދިޔާކޮށްފައިވާ ތަކެއްޗެވެ.

ކޭއޯއާ ވާހަކަދެއްކި އެ ސަރަހައްދުގެ ރައްޔިތުން ބުނީ، ޕާރކާމެދު ވަރަށް ބޮޑަށް ހިތްހަމަޖެހޭ ކަމަށާއި މިއަދަކީ އުފާވެރި ދުވަހެއް ކަމަށެވެ. އެ ސަރަހައްދުގެ ތަރައްގީއަށް ކައުންސިލުން މަސައްކަތްކުރާކަން ފާހަގަކޮށް މޭޔަރަށާއި ކައުންސިލަރުންނަށް އެ މީހުން ޝުކުރުއަދާކުރެއްވި އެވެ.

ކުޅުދުއްފުށީގެ ހުރިހާ ސަރަހައްދެއްގައި ދިރިއުޅޭ ހުރިހާ ރައްޔިތުންނާއި ވީހާވެސް ކައިރީގައި، ހިތްފަސޭހަ ކޮށްލާ, ހިތްހަމަޖައްސާލާނެ މައިޒާންތަކާއި ޕާކްތައް ހެދުމަކީ ސިޓީ ކައުންސިލުގެ 5 އަހަރުގެ ތަރައްގީގެ ޕްލޭންގައި ހިމެނޭ މުހިންމު އަމާޒެކެވެ. ހާއްސަކޮށް ކުޅުދުއްފުށީގެ އެހެން ސަރަހައްދު ތަކެކޭ އެއްފަދައިން އިރުމަތީ ފަޅީގައި ދިރިއުޅޭ ކުދި ބޮޑުއެންމެން ހިމެނޭހެން ހުރިހާ ރައްޔިތުންނަށް ހަރަކާތްތެރިވެއުޅެވޭނެ ފަދައިން ތަފާތުއެކިކަހަލަ ކަންކަން ހިމެނޭ އިމާރާތްތަކާއި މައިޒާންތައް ތަރައްގީކުރުމަކީ އެ ލަނޑުދަނޑި ހާސިލުކުރުމަށްޓަކައި ހިންގުނު ހާއްޝަ މަޝްރޫއުއެއްކަމުގައި ކައުންސިލުން ހާމަކުރެ އެވެ.

ލާމަރުކަޒީ ގާނޫނުން ލިބުނު ބާރުތަކާއެކު ގިނަ ރަށްތަކެއްގައި ކައުންސިލްތަކުން އަންނަނީ ތަރައްގީގެ ގިނަ މަސައްކަތެއްކުރަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355