twitterviber whatsapp telegramfacebookyoutube instagram
21st September 2026

ކޭއާރުއެޗުގައި އޮކިއުޕޭޝަނަލް ތެރަޕީގެ ހިދުމަތް ފަށައިފި

Dec 18, 2025

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި އޮކިއުޕޭޝަނަލް ތެރަފީގެ ހިދުމަތް ފަށައިފި އެވެ.

ކޭއާރުއެޗުން ކުރި ޕޯސްޓެއްގައި ބުނީ، އޮކިއުޕޭޝަނަލް ތެރަޕީގެ ހިދުމަތް ފެށިފައިވާކަން އުފަލާއެކު ހާމަކުރާ ކަމަށެވެ.

އޮކިއުޕޭޝަނަލް ތެރަޕީގެ ސަބަބުން އުފެދުމުގައި ލަސްތަކެއް ހުންނަ ކުދިންނަށް އާންމު ދިރިއުޅުމުގައި ކުރަންޖެހޭ ކަންކަން ދަސްކޮށްދީ އަމިއްލަ ހާލަތުގައި ކަންކަން ކުރުމަށް މަގުފަހިކޮށްދެއެވެ. އަދި ތަފާތު ސެންސަރީ އުނދަގޫތައް ހުންނަ ކުދިންނަށް އެ އުނދަގޫތަކުން އަރައިގަންނަން އެހީވެދޭ ތެރެޕީ އެކެވެ.

މީގެ އިތުރުން ސާޖަރީ، އެކްސިޑެންޓް، ސްޓްރޯކް، ނުވަތަ ޕާކިންސަންސް ފަދަ ބަލިތައް ތަހައްމަލް ކުރާ ފަރާތްތަކަށް ދިރިއުޅުމުގެ ކުރީގެ ހާލަތަށް ރުޖޫޢަވުމަށް އެހީތެރިވެ އެ ބަލިތަކުން ލިބޭ ނުކުޅެދުންތެރިކަން ކުޑަކުރުމަށްވެސް އޮކިއުޕޭޝަނަލް ތެރެޕީ އެހީވެދޭކަމަށް ކޭއާރުއެޗުން މައުލޫމާތުދެ އެވެ.

ކޭއާރުއެޗުގައި ބައެއް ހިދުމަތްތައް ރަނގަޅުކޮށް އާ ހިދުމަތްތައް ދިނުމަށް ސަރުކާރުން އަންނަނީ މަސަައްކަތްކުރަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293