twitterviber whatsapp telegramfacebookyoutube instagram
2nd March 2026

ކުޅުދުއްފުށީ އޮންލައިންގެ ކޯޑް އޮފް އެތިކްސް

Apr 14, 2015

އެތިކްސް ކޯޑު

ކުޅުދުއްފުށީ އޮންލައިން

ކުޅުދުއްފުށީ އޮންލައިންއަކީ އެތިކަލް، އަދި ޒިމްމާދާރު ނޫސްވެރިކަމުގެ އުސޫލުތަކަށް ތަބާވާ މީޑިއާއެކެވެ. މި ވެބްސައިޓުގެ މަގުސަދަކީ ޚާއްސަކޮށް އުތުރުގެ އަތޮޅުތަކުގެ މަސްލަހަތު ހިމެނޭ ޞައްޙަ ޚަބަރު ދިނުމާއި އެމީހުންގެ ވާހަކަތައް ކިޔައިދިނުމެވެ.

މި އެތިކްސް ކޯޑުއަށް ނޫސްވެރިން، ލިޔުންތެރިން، އަދި އެޑިޓޯރިއަލްގެ އެންމެން ބައިވެރިވެ އަމަލު ކުރަން ޖެހޭނެ އެވެ.

1. ސައްޙަކަން އަދި ހަގީގަތް

• އަހަރުމެން ޝާއިޢުކުރާ ޚަބަރުތަކަކީ ސައްހަ، ހަގީގީ، އަދި ޔަގީންކޮށް ޗެކްކުރެވިފައިވާ މައުލޫމާތެވެ.

• އެންމެހާ ހަގީގަތްތައް ޝާއިޢުކުރުމުގެ ކުރިން ޔަގީންކޮށް ޗެކްކުރެވޭނެއެވެ.

• ގޯހެއް ހެދިއްޖެ ނަމަ އަވަހަށް އިސްލާހުކޮށް މާފަށް އެދޭނެ އެވެ.

2. މިނިވަންކަން ދެމެހެއްޓުން

• ސިޔާސީ، ވިޔަފާރި، ނުވަތަ ޒާތީ މަސްލަހަތާއި ނުފޫޒަށް ނުލެބޭނެ އެވެ.

• ރިޝްވަތް، ހަދިޔާ، ނުވަތަ ލާބައެއް ބަލައެއް ނުގަންނާނެ އެވެ.

3. އިންސާފުވެރިކަން

• ޚަބަރުތަކުގައި ދެކޮޅުގެ ބަސް ހިމަނާނެ އެވެ.

• މަސްލަހަތު ހިމެނޭ މީހުންނަށް ބަސް ބުނަން ފުރުސަތު ދޭނެ އެވެ.

4. ޒިންމާދާރުކަން

• އަހަރެމެން އަމަލުކުރާނީ ޒިންމާދާރުކަމާ އެކީގަ އެވެ.

• ހަބަރު ހޯދާ މަސްދަރުތައް ހާމަކުރާނެ އެވެ.

• މަސްދަރު ވަންހަނާކޮށް ހަބަރު ގެނެސްދޭނީ ވަރަށް ހާއްސަ ހާލަތްތަކުގަ އެވެ.

5. ޕްރައިވަސީ

• މީހުންގެ ޕްރައިވަސީއަށް އިހުތިރާމް ކުރާނެ އެވެ.

• ކުޑަކުދިން، ކުށުގެ ޝިކާރައަށްވާ މީހުން އަދި ނާޒުކު ހާލަތުގައި ތިބޭ މީހުންނާއި ހާއްސަ އެހީއަށް ބޭނުންވާ މީހުންނާ މެދު ހާއްސަ ސަމާލުކަމެއް ދޭނެ އެވެ.

6. ނަފްރަތު އަދި ގެއްލުމުން ދުރުކުރުން

• ނަފްރަތު ބަސް، ފަސާދަ، ދޮގު ނުފަތުރާނެ އެވެ.

• ވަކި މީހަކަށް ވީތީ، ނުވަތަ ވަކި ބަޔަކަށް ވީތީ ތަފާތެއް ނުކުރާނެ އެވެ.

7. ޕްލޭޖަރިޒަމް އަދި އަސްލީ ލިޔުން

• ކޮޕީކުރުމާއި އެހެން މީހުންގެ މަސައްކަތް ވަގަށް ނެގުމަކީ މުޅިން މަނާ ކަމެކެވެ.

• ޕްލޭޖަރިޒަމް އަކީ ހަރުކަށިކޮށް މަނާ ކަމެކެވެ.

8. ޑިޖިޓަލް މީޑިއާގެ ޒިންމާދާރުކަން

• ސޯޝަލް މީޑިއާ އަދި އޮންލައިން ޕްލެޓްފޯމްތައް ޒިމްމާދާރުކަމާ އެކު ބޭނުން ކުރާނެ އެވެ.

• ވިޒުއަލްތަކުން ގޯސް މާނައެއް ނުދޭނެ އެވެ.

9. އިޞްލާޙު އަދި ޝަކުވާ

• ކިޔުންތެރިންނަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ދޭން ޖެހޭނެ އެވެ. އަދި އެކަން ބަލައިގަންނަން ޖެހޭނެ އެވެ.

10. މުޖުތަމައުގެ ޚިދުމަތް

• ކުޅުދުއްފުށީ އޮންލައިން އުފެދުނީ މުޖުތަމައުގެ ޚިދުމަތަށެވެ.

• މީޑިއާއަކީ ޑިމޮކްރެސީއެއްގައި އެންމެ މުހިންމު އެއް ހިދުމަތެވެ.

މި އެތިކްސް ކޯޑު ކުޅުދުއްފުށީ އޮންލައިންގައި ޝާއިއުކުރެވޭ ކޮންމެ ލިޔުމަކަށް އެޕްލައިވާނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355