twitterviber whatsapp telegramfacebookyoutube instagram
23rd June 2026

ކުޅުދުއްފުށީގައި އުޅޭ ޒުވާން ޚަޠީބުންނާ އިސްލާމިކް މިނިސްޓަރު ބައްދަލުކުރައްވައިފި

ނަބީލާ އިސްމާޢީލް
Feb 7, 2026
1

ކުޅުދުއްފުށީގައި އުޅޭ ޒުވާން ބައެއް ޚަޠީބުންނާ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ބައްދަލުކުރައްވައިފި އެވެ.

މިނިސްޓަރު ޝަހީމް ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިއްޔެ ކުޅުދުއްފުށީ މަސްޖިދުލްޙަޟާރާއަށް ހުކުރު ނަމާދުގައި އިވުނު ހުތުބާ ކިއުމުގެ ފުރިހަމަކަމުން އެ ޒުވާން ޚަޠީބަށް ތައުރީފާއި ޝުކުރު ޙައްޤުކަމަށެވެ. އެ މިސްކިތުގައި ހުކުރުކުރެއްވީ މުހައްމަދު ނާފިޒް އަބުދުއްސައްތާރެވެ.

އެ ޚަޠީބަކީ ޒުވާން ޚަޠީބް ޕްރޮގްރާމްގެ ތެރެއިން ޚަޠީބުކަމުގެ ހުއްދަ ނަގާފައިވާ ޒުވާނެއް ކަމަށާއި ޚުޠުބާ ކިއުމުގެ ފުރިހަމަކަމާއި ނަމާދުގައި ޤުރްއާން ކިޔެވުމުގެ ރީތިކަމާއި ފުރިހަމަކަމުން ވަރަށް އުފާވި ކަމަށެވެ. "އުފާވިލެއް ބޮޑުކަމުން އެޒުވާން ޚަޠީބުންނަށް ހިތްވަރު ދިނުމުގެ ގޮތުން ބައްދަލުކުރަން އެދުމުން ޒުވާން ޚަޠީބުންނާ ބައްދަލުވި." މިނިސްޓަރު ވިދާޅުވި އެވެ.

ކުޅުދުއްފުށީގައި 11 ޒުވާން ޚަޠީބުން އުޅޭކަމަށާއި އޭގެ ތެރެއިން ގިނަ ކުދިންނާ ބައްދަލުވި ކަމުގައި މިނިސްޓަރު ފާހަގަކުރެއްވި އެވެ.

މި ބައްދަލުވުމުގައި ޒުވާން ޚަޠީބުންގެ ޝުޢޫރުތައް އަޑުއިވުމުން އިތުރަށް އުފާވިކަމަށް ފާހަގަކުރައްވާ އޭނާ ވިދާޅުވީ އިސްލާމްދީނުގެ ކަންކަމުގައި ޒުވާނުން އިސްނެގުމަކީ ޤައުމުގެ އިސްލާމީ މުސްތަޤުބަލަށްޓަކައި ވަރަށް މުހިންމުކަމެއްކަމުގަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355