twitterviber whatsapp telegramfacebookyoutube instagram
29th May 2026

ހެޔޮއެދޭ ފަރާތެއްގެ އެހީގައި އިހަވަންދޫގައި ބިނާކުރި މިސްކިތް ހުޅުވައިފި

ނަބީލާ އިސްމާޢީލް
Feb 14, 2026

ހެޔޮ އެދޭ ފަރާތާތެއްގެ އެހީގައި ހއ. އިހަވަންދޫގައި ބިނާކުރި މިސްކިތް ހުޅުވައިފިއެވެ.

މިސްކިތް ހުޅުވުމަށްޓަަކައި މިއަދު އިހަވަންދޫގައި ބޭއްވި ހާއްސަ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ، މިސްކިތް ހުޅުވައިދެއްވީ އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދުއެވެ. މިސްކިތް ހުޅުވައިދެއްވުމަށްފަހު ވަޒީރު ވަނީ މިސްކިތުގައި އިމާމުވެ މަޣްރިބް ނަމާދު ކުރައްވާފައެވެ.

މި މިސްކިތަކީ އަމިއްލަ ފަރާތެއްގެ ދީލަތި އެހީގައި ބިނާކުރެވުނު މިސްކިތެކެވެ. އެއް ފަންގިލާ ހިމެނޭ މި މިސްކިތަކީ 200 މީހުންގެ ޖާގައިގެ މިސްކިތެކެވެ.

ރަމަޟާން މަހުގެ ކުރިން 8 މިސްކިތެއް ހުޅުވުމަށް ވުޒާރާއިން އަމާޒު ހިފާފައިވާއިރު، މީގެ ތެރެއިން ބައެއް މިސްކިތްތައް މިހާރު ވަނީ ރަސްމީކޮށް ހުޅުވާފަކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355