twitterviber whatsapp telegramfacebookyoutube instagram
22nd March 2026

ސްޕޯޓްސް ފިޝިން ހާބަރުތަކެއް ގާއިމުކުރުމަށް 4 ސަރަހައްދެއް ވަނީ ފާހަގަކުރެވިފައި: ޝިޔާމް

ނަބީލާ އިސްމާޢީލް
Mar 22, 2026

ސަރުކާރުން ފުރަތަމަ ފަހަރަށް ރާއްޖޭގައި ސްޕޯޓްސް ފިޝިން ހާބަރުތަކެއް ގާއިމުކުރުމަށް ރާއްޖޭގެ ހަތަރު ސަރަހައްދެއް މިވަގުތަށް ފާހަގަކުރެވިފައިވާ ކަމަށާއި އަދި އެތަންތައް ތަރައްގީކުރުމަށް ޕްރޮޕޯސަލްވެސް ލިބިފައިވާ ކަމަށް މިނިސްޓަރު ޝިޔާމް ވިދާޅުވެއްޖެ އެވެ.

ފިޝަރީސް މިނިސްޓަރ ޝިޔާމް މިހެން ވިދާޅުވީ ރޭގައި އޮތް ކުޅުދުއްފުށީ ކޮރަލްސް މަސްރޭސް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ނެވެ.

ޝިޔާމް ވިދާޅުވީ އެހެން ހުރިހާ ކުޅިވަރިތަކަށްވުރެ، ސްޕޯޓްސް ފިޝިންގެ ތެރޭގައި ހިމެނޭ އެކްޓިވިޓީއެއް ކަމަށްވާ މަސްރޭހަށް ލިބޭ ތަރުހީބު ދިވެހި ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައިވެސް ވަރަށްބޮޑަށް އިތުރުވެފައިވާކަން ފާހަގަކުރެވޭ ކަމަށެވެ.

"އެހެންކަނުމް އަޅުގަޑުމެންވެސް މިވަނީ ދިވެހި ރާއްޖޭގައި ސްޕޯޓްސް ފިޝިންނަކީ ވަކި ވައްތަރެއްގެ މަސްވެރިކަމެއް ކަމަށްބަލާ، ރާއްޖޭގެ ސްޕޯޓްސް ފިޝިންގެ ކޮމިއުނިޓީ އެހާ ބޮޑުވެފަ އެހާ ގިނަ ބަޔަކު ހަރަކާތްތެރިވާތީއާއި އެކު، ސްޕޯޓްސް ފިޝިންގެ އިންފްރާސްޓްރަކްޗަރ ދިވެހި ރާއްޖޭގައި އެއްވެސްވަރަކަށް ގާއިމްކުރެވިފައި ނުވާތީއާއި އެކު ސަރުކާރުން ފުރަތަމަފަހަރަށް ރާއްޖޭގައި ސްޕޯޓްސް ފިޝިން ހާބަރުތަކެއް ގާއިމްކުރުމަށް ރާއްޖޭގެ 4 ސަރަހައްދެއް މި ވަގުތަށް ވަނީ އައިޑެންޓިފައި ކުރެވިފައި." ޝިޔާމް ވިދާޅުވި އެވެ.

ޝިޔާމް އިތުރަށް ވިދާޅުވީ މި ހާބަރުތަށް ގާއިމްވެގެން ދިޔައީމާ ރާއްޖޭން ބޭރުންއަންނަ ފަރާތަކަށާއި ރާއްޖޭގައި އޮތް ބޮޑު ސްޕޯޓްސް ފިޝިން ކޮމިއުނިޓީއަށްވެސް އެތަންތަނުން ހިދުމަތްލިބި އެފަރާތްކުންވެސް ބޭނުންވާ ކަންކަން އެހާބަރުތަކުން ލިބުމަކީ އަމާޒެއް ކަމުގަ އެވެ.

ދުނިޔޭގެ އެންމެ ބޮޑު ސްޕޯޓްސް ފިޝިން ކޮމިއުނިޓީ ކަމުގައިވާ "ގްލޯބަލް ސްޕޯޓްސް ފިޝިން ކޮމިއުނިޓީ" އަކީ ވަރަށް ގިނައިން އެކި ހިސާބުތަކަށް ސްޕޯޓްސް ފިޝިންއަށް ދާބައެއް ކަމަށާއި ރާއްޖެއަކީ އެ މީހުންގެ އެއް މަންޒިލްކަން ފާހަގަކުރައްވާ ޝިޔާމް ވިދާޅުވީ ސީދާ ސްޕޯޓްސް ފިޝިންނަށް ހާއްސަކޮށް އެއްވެސް އިންފްރާސްޓްރަކްޗާރއެއް މިތަނުގައި ގާއިމްވެފައިނެތީމައި ރާއްޖޭގެ ކޮމިއުނިޓީ ސީދާ ކެޕްޗަރއެއް ނުކުރެވޭ ކަމަށެވެ.

"ރާއްޖޭގެ އެކި ރަށްރަށުގައި ގެސްޓްހައުސް ވިޔަފާރިކުރުމަށްޓަކައިވެސް ލޯކަލް ޓްއަރިޒަމް ގޮސަވެސް މި ހުރީ ސްޕޯޓްސް ފިޝިންގެ ޒަރިއްޔާއިން މި ރަށަށްވެސް ސްޕޯޓްސް ފިޝިންނަށް ޓޫރިސްޓުން އެބަ އާދޭ އެހެންވެއްޖެކަމަށްވާނަމަ މި ތަނަކީވެސް މި ކަމަށް ވަރަށް ޕޮޓެންޝިއަލް އޮތްތަނެއް، މިތަނަށް އާމްދަނީ އިތުރުކުރުމަށްޓަކައި މި ތަނަށް ޑޮލަރުން ފައިސާ ހޯދުމަށްޓަކައިވެސް މި ޕްލެޓްފޯމް ވަރުގަދަކޮށް އިތުރުކުރުކޮށް އަދި މީގެ ޒަރިއްޔާއިވެސް މި ތަނުގައި އިތުރު ގެސްޓް ހައުސްތަށް ގާއިމްވެގެންދާތަން ދެކެން ބޭނުންވޭ." ޝިޔާމް ވިދާޅުވި އެވެ.

ކުލަބް ކޮރަލްސްއިން ކުޑައީދާ ދިމާކޮށް އޮފީސް ތަކަށް ހުޅުވާލައިގެން ކުރިއަށްގެންދާ މަސްރޭހަކީ ވަރަށް ފޯރިގަދަކޮށް ކުރިއަށްދާ ހަރަކާތެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355