twitterviber whatsapp telegramfacebookyoutube instagram
23rd April 2026

ވީސާ ފީ ނުދައްކާ ބިދޭސީން ވަގުތުން ޑީޕޯޓު ކޮށްލާނެ

Apr 23, 2026

ވިސާ ފީ ނުދައްކާ އުޅޭ ބިދޭސީއަކު ފެނިއްޖެ ނަމަ ވަގުތުން ހިފަހައްޓައި ޑީޕޯޓު ކޮށްލާނެ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.

ހޯމް މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާޙަކަ ދައްކަވަމުން ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށް ކުރިޔަށް ގެންދާ "ކުރަންގި" އޮޕަރޭޝަންގެ ތިން ވަނަ ފިޔަވަހި އަންނަ މަހު ފަށާނެ ކަމަށެވެ.

"މެއި 2، 2026 އިން ފެށިގެން ފީ ނުދައްކާ އެއްވެސް ވަރަކަށް އުޅެނިކޮށް، އަޅުގަނޑުމެންގެ ލޯ އެންފޯސްމަންޓާ ދިމާވާ ކޮންމެ ބިދޭސީއަކީ ވެސް އިމީޑިއަޓްލީ ރާއްޖޭން ޑީޕޯޓް ކުރެވިގެންދާނެ ފަރާތެއް،" އިހުސާން ވިދާޅުވި އެވެ.

އެ އޮޕަރޭޝަންގެ ދަށުން ކުރެވުނު މަސައްކަތްތަކުން ރާއްޖޭގައި ގަވާއިދާ އެއްގޮތަށް އުޅޭ ބިދޭސީންގެ 62 ޕަސެންޓަށް މިހާރު އަރާފައިވާ ކަމަށާއި ގަވައިދާ ހިލާފަށް އުޅެނީ 28 ޕަސެންޓު މީހުން ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

އެގޮތުން 148،417 ބިދޭސީން ރާއްޖޭގައި ތިބި ކަމަށް ލިޔެކިއުންތަކުން އޭރު ފެންނަން އޮތަސް، އެ ހުރިހާ މީހުން ރާއްޖޭގައި ތިބިކަން ނުވަތަ ނޫންކަން ކަށަވަރު ނުވާ ކަން އިހުސާން ފާހަގަކުރެއްވި އެވެ.

"މިދިޔަ ދެ އަހަރު ކުރެވުނު މަސައްކަތުން، ފުރިހަމައަށް ޑޮކިއުމެންޓް ހަމަކޮށް ލާރި ދައްކާފައި ތިބި މީހުންގެ އަދަދު ވަނީ 28 ޕަސެންޓުން 62 ޕަސެންޓަށް އިތުރުކުރެވިފައި،" މިނިސްޓަރު ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355