twitterviber whatsapp telegramfacebookyoutube instagram
22nd August 2026

އޭޝިއަން އެތްލެޓިކްސް ޗެމްޕިއަންޝިޕަށް ނެގި ގައުމީ ޓީމުގައި ކުޅުދުއްފުށީގެ އެތްލީޓެއް

މުޙައްމަދު އަހުމަދު
Apr 26, 2026

22 ވަނަ އޭޝިއަން އެތްލެޓިކްސް ޗެމްޕިއަންޝިޕުގެ 20 އަހަރުން ދަށުގެ މުބާރާތަށް ދިވެހިރާއްޖެއިން ނެގި ގައުމީ ޓީމުގައި ކުޅުދުއްފުށީގެ އަރަމުން އަންނަ ޒުވާން އެތްލީޓް އަހްނާ ނިޒާރު ހިމެނިއްޖެ އެވެ.

އަންނަ މޭމަހުގެ 28 - 31 އަށް ޗައިނާގެ ހޮންގްކޮންގްގައި ކުރިއަށްދާ އޭޝިއަން އެތްލެޓިކްސް ޗެމްޕިއަންޝިޕަށް ޓީމް މޯލްޑިވްސްގެ އެތްލީޓުން އެތްލެޓިކްސް އެސޯސިއޭޝަނުން ވަނީ އިއްޔެ އިއުލާންކޮށްފަ އެވެ.

މިމުބާރާތުގައި ދިވެހި ރާއްޖެ ތަމްސީލުކުރާ ޓީމުގައި ހިމެނުނު އެތްލީޓުންނަކީ އަހްނާ ނިޒާރުގެ އިތުރުން އަހުނަފް ރައްޔާން ފަހުމީ، ޒުއިޒް މުހައްމަދު ސުއާދު އަދި ޒިވާ މޫސާ ޝަފީއު އެވެ. އަދި ޓީމުގެ ކޯޗަކީ ހުސެއިން ހަލީމް އެވެ.

އަހްނާ އަންނަނީ މިވަގުތު ޗައިނާގެ ސަންޔާގައި ކުރިއަށްދާ އޭޝިއަން ބީޗް ގޭމްސްގައި ވެސް ވާދަކުރަމުންނެވެ. ބީޗް ގޭމްސްގެ 60 މީޓަރު ދުވުމުގައި އަހްނާ ވަނީ 7.81 ސިކުންތުން ދުވެ އޭނާގެ ޕާސަނަލް ރެކޯޑްވެސް އާކޮށްފަ އެވެ. އަދި މިއަދު 60 މީޓަރު ރިލޭގައި 33.49 ސިކުންތުން ރިލޭ ނިންމި ޓީމުގައި ވެސް އަހްނާ ހިމެނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355