ށ. މިލަންދޫގައި އިއްޔެ ހިނގި އަލިފާނުގެ ހާދިސާގައި ތިން ޑިންގީއަކަށް ގެއްލުން ލިބިފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
މިލަންދޫގައި ފައިބަރު މަސައްކަތް ކުރާ ތަނެއްގައި އަލިފާނުގެ ހާދިސާއެއް ހިނގީ ރޭ 23:00 ހާއިރެވެ.
ފުލުހުން ބުނީ އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައި ނުވާ ކަމަށެވެ. އަދި ގެއްލުންވި ތަކެތީގެ ތެރެއިން ތިން ޑިންގީއެއްގެ އިތުރުން ޑިންގީ އެޅުމަށް ބޭނުން ކުރާ ތައްގަނޑުތަކަކާއި އެ މަސައްކަތް ކުރަން ބޭނުން ކުރާ އެހެނިހެން ތަކެތި އަނދާފައިވާ ކަމަށެވެ.
އެ މައްސަލަ ހިނގައިދިޔަ ގޮތް ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.




