twitterviber whatsapp telegramfacebookyoutube instagram
19th April 2024

ސައިކަލެއް ކޮންޓްރޯލް ނުވެގެން ހިނގި އެކްސިޑެންޓެއްގައި ސައި ހޮޓަލެއްގެ ދޮރުގެ ބިއްލޫރިގަނޑު ތެޅިއްޖެ

Jun 19, 2011

އިބްރާހިމް ހަމީދު

ސައިކަލެއް ސްޓާޓް ކުރުމުގައި ކޮންޓްރޯލުން ނެއްޓި ހިނގި އެކްސިޑެންޓެއްގައި ކުޅުދުއްފުށީ ހިތްއުފާ ހޮޓަލުގެ ދޮރުގެ ބިއްލޫރިގަނޑު ތެޅިއްޖެއެވެ.

އެކްސިޑެންޓް ހިނގި ވަގުތު އެތަނުގައި ހުރި މީހަކު ނަން ހާމަނުކުރުމަށް އެދި އެކްސިޑެންޓް ހިނގަން ދިމާވި ގޮތް ކިޔައިދެމުން ބުނެފައިވަނީ ހޮސްޕިޓަލް ކައިރިން ނައްޓާލަން އުޅުމުގެ ތެރޭގައި ސައިކަލް ސްޓާޓް ކުރިއިރު ގިޔަރަށް ލާފައިވާކަން އެސައިކަލު ދުއްވަން އިންމީހާއަށް ނޭގޭ ކަމަށެވެ. އަދި ސައިކަލް ސްޓާޓްކޮށް ޕެޓްރޯލް މުއްގަނޑަށް އަނބުރާލުމާއެކު ސައިކަލު ކޮންޓްރޯލުން ނެއްޓި ކުރިމަތީގައި ހުރި ބައިސްކަލެއްގައި ޖެހި އެހޮޓަލުގެ ދޮރުގެ ބިއްލޫރިގަނޑުގައި ޖެހުނީކަމަށެވެ. މިއެކްސިޑެންޓުގައި އެހޮޓަލުގެ ބިއްލޫރިގަނޑު ވަނީ ތަޅައިގެން ގޮސްފައެވެ.

އެކްސިޑެންޓްވި ސައިކަލު ދުއްވަން އިނީ ކުޅުދުއްފުށީ ކޯނަރ އާދަމް ނަޒީމް އެވެ. މިއެކްސިޑެންޓްގައި ނަޒީމްގެ ތަނބިކަށިން ކުޑަތަންކޮޅެއް ހަލާކުވުމުގެ އިތުރުން އެތަނުގައި ހުރި ބައިސްކަލްގެ ފޮރޮޅު ހަލާކުވެފައިވާ ކަމަށް މައުލޫމާތު ލިބެއެވެ. އަދި އެސައިހޮޓަލުގެ ބިއްލޫރިގަނޑުން ބޮޑު ބައެއް ތަޅައިގެން ދިޔައިރު އެކްސިޑެންޓްވި ސައިކަލުގެ ކަވަރު ފަޅިވެސް ކޮންމެވެސް ވަރަކަށް ހަލާކުވެފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.

ކުޅުދުއްފުށީ އޮންލައިނަށް މަޢުލޫމާތު ދެމުން ފުލުހުން މީޑިޔާ އޮފިޝަލް ވިދާޅުވީ މިއަދު މެންދުރު ހިނގި މިއެކްސިޑެންޓުގައި ސައިކަލު ދުއްވަން އިން އުމުރުން 27 އަހަރުގެ އެމީހާގެ އަތުގައި އެއްގަމުގައި ދުއްވާއެއްޗެހގެ ލައިސަންސް ނެތްކަމަށެވެ. ފުލުހުން ގެންދަނީ މިހާރު އެމައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ. މިހާދިސާގައި އިތުރު މީހަކަށް އަނިޔާ ލިބިފައެއް ނުވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355