twitterviber whatsapp telegramfacebookyoutube instagram
13th July 2026

ކައުންސިލާއި އަންހެނުންގެ ކޮމިޓީން އެލްޖީއޭގެ ބޯޑަށް ކުރިމަތިލާން ހުޅުވާލައިފި

ނަބީލާ އިސްމާޢީލް
Jul 12, 2026

ސިޓީ ކައުންސިލާއި ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީން ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ބޯޑަށް ކުރިމަތިލުމަށް ހުޅުވާލައިފިއެވެ.

އެލްޖީއޭގެ ބޯޑަށް، ސިޓީ ކައުންސިލަރުންގެ ތެރެއިން އެމީހުން އިންތިހާބުކުރާ އެއް މެންބަރަކާއި، ރަށު ކައުންސިލަރުންގެ ތެރެއިން އެމީހުން އިންތިހާބު ކުރާ މެންބަރަކާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސުންގެ ތެރެއިން އެމީހުން އިންތިހާބު ކުރާ މެންބަރަކު ހޮވުމަށް ބާއްވާ އިންތިހާބު އޮންނާނީ އޮގަސްޓް މަހުގެ 8 ވަނަ ދުވަހެވެ.

އެލްޖީއޭއިން ބުނީ މިއަދުން ފެށިގެން ޖުލައި 16 ވަނަ ދުވަހުގެ 12:00 އާ ހަމަޔަށް އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.

އިންތިހާބަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކުގެ އެޕްލިކޭޝަން ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ އެ އޮތޯރިޓީގެ [email protected] އީ-މެއިލް މެދުވެރިކޮށެވެ. އެލްޖީއޭއިން ބުނީ އިންތިހާބަށް ކުރިމަތިލުމަށް ހުށަހަޅާ ފޯމަށް ޖަވާބު ދިނުން ހަމަޖެހިފައިވަނީ އީ-މެއިލް މެދުވެރިކޮށެވެ. އެއްވެސް ސަބަބަކާ ގުޅިގެން ފޯމު ބަލައިނުގަނެވޭނަމަ، ބަލައިނުގަނެވުނު ސަބަބު އީ-މެއިލް މެދުވެރިކޮށް، ފޯމު ލިބުނުތާ 24 ގަޑިއިރުގެ ތެރޭގައި، އަންގާނެއެވެ.

އެލްޖީއޭއިން ވިދާޅުވީ، އެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބާއްވާ އިންތިހާބުގެ ވޯޓު ނެގުމަށް ހަމަޖެހިފައިވަނީ، އޯގަސްޓް އަށް ވަނަ ދުވަހުގެ ހެނދުނު 10:00 ން ހަވީރު 16:00 އަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355