twitterviber whatsapp telegramfacebookyoutube instagram
21st July 2026

'ބޮޑު ތިލަދުންމަތީ ބޮޑު ބާޒާރު'ގައި ގިނަ ގޭމްތަކާއެކު ބޮޑު ކާނިވަލެއް

އަބްދުލް ވާހިދު ޙަސަން
Jul 20, 2026

ކުޅުދުއްފުށީގައި ބާއްވާ 'ބޮޑު ތިލަދުންމަތީގެ ބޮޑު ބާޒާރު' ގެ ތެރޭގައި ބޮޑު ކާނިވަލް ބާއްވަން ނިންމާފައިވާކަމަށް ސިޓީ ކައުންސިލުން ހާމަކޮށްފި އެވެ.

ސިޓީ ކައުންސިލުން ތަރައްގީކުރި 'ހޮނިހިރު ބާޒާރު' ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން، ޑެޕިއުޓީ މޭޔަރު އަހުމަދު އަބުދުﷲ (ރޯޒޭ) ވިދާޅުވީ، ބޮޑު ތިލަދުންމަތީގެ ބޮޑު ބާޒާރު ކުރިއަށްދާ ވަގުތު އެ ސަރަހައްދުގައި ބޮޑު ކާނިވަލެއް ކުރިއަށްދާނެ ކަމަށެވެ.

އެގޮތުން އެ ކާނިވަލްގައި 12 ކުޅިވަރެއް ހިމެނޭނެ ކަމަށާއި މި ކާނިވަލް ވެގެންދާނީ މިހާތަނަށް އަތޮޅުތެރޭގައި ބާއްވާ އެންމެ ބޮޑު ކާނިވަލް ކަމަށްވެސް ރޯޒޭ ވިދާޅުވި އެވެ.

ކާނިވަލްގައި ހިމެނޭ ކުޅިވަރުތައް:

- ވޯޓެކްސް ވައިޕްއައުޓް

- ބުލް ބާޝް

- ލޭޒަރ ޓެގް

- 360 ވީޑިއޯ

- ފޮޓޯ ބޫތް

- ބަބަލް ހައުސް

- ރިފްލެކްސް

- ގްލެޑިއެޓަރ ޑްއެލް

- ހަރިކޭން

- އެކްސް ތްރޯއިންރ

- ވްރެކިންގ ބޯލްސް

- ބައުންސިން ޒޯން

ބާޒާރުގެ ތެރެއިން ކުރިއަށްދާ މި ކާނިވަލް އޮންނާނީ ސެޕްޓެމްބަރު 30 – އޮކްޓޯބަރު 4 ގެ ނިޔަލަށް ކުޅުދުއްފުށީ ވެލިގަނޑު ސަރަހައްދުގަ އެވެ. ބާޒާރުގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ވިޔަފާރިތަކަށް ހުޅުވާލާފައިވާއިރު އިތުރު މައުލޫމާތު ސިޓީ ކައުންސިލްގެ 6527202 ނުވަތަ 6527201 ނަންބަރު ފޯނަށް ގުޅުމުން ސާފުވާނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355