twitterviber whatsapp telegramfacebookyoutube instagram
23rd August 2026

އިންފޮމޭޝަން ކޮމިޝަނަރަކަށް އަބްދުލްއަޒީޒް އައްޔަން ކުރަނީ

ނަބީލާ އިސްމާޢީލް
Aug 23, 2026

އިންފޯމޭޝަން ކޮމިޝަނުގެ މަގާމަށް އައްޔަންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާއަށް ފެނިވަޑައިގަންނަވާ ބޭފުޅެއްގެ ގޮތުގައި ކުރީގެ އިންފޯމޭޝަން ކޮމިޝަނަރު އަބްދުލްއަޒީޒް ޖަމާލު އަބޫބަކަރުގެ ނަން ރައްޔިތުންގެ މަޖިލީހަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ފޮނުއްވައިފިއެވެ.

އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލާފައިވަނީ މިހާރު އެ މަގާމުގައި ހުންނެވި އާހިދު ރަޝީދުގެ ދައުރު އަންނަ މަހުގެ 6 ވަނަ ދުވަހަށް ހަމަވާތީއެވެ. އޭނާ އެ މަގާމަށް އައްޔަނުކޮށްފައިވަނީ 2021 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 6 ވަނަ ދުވަހުއެވެ.

އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމުގެ މުއްދަތަކީ ފަސް އަހަރު ދުވަހުގެ މުއްދަތެވެ.

މިއަދުގެ މަޖިލީހުގެ ޖަލްސާގައި މަޖިލީހުގެ އަމީންއާންމު ވަނީ އެމަގާމަށް މީހަކު އައްޔަން ކުރުމަށް ރައީސް މުއިއްޒު ފޮނުއްވާފައި ސިޓީ މަޖިލީހުގެ ތަޅުމުގައި އިއްވާފައެވެ.

ރައީސް ފޮނުއްވި ސިޓީގައި ވަނީ ލ. މާވަށް، މާޒީ، އަބްދުލްއަޒީޒު ޖަމާލު އަބޫބަކުރުގެ ނަމެވެ. މަޖިލީހުގެ ރައީސް ވަނީ މި މައްސަލަ ދިރާސާ ކުރުމަށް މިނިވަން މުއައްސާސަތަކުގެ ކޮމިޓީއަށް ފޮނުވާފައެވެ.

މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން އުފައްދާފައިވާ އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމު އެންމެ ފުރަތަމަ އަދާކުރެއްވި ބޭފުޅަކީ އަބްދުލްއަޒީޒް ޖަމާލް އަބޫބަކުރެވެ. އޭނާއަކީ 17 ވަނަ ރައްޔިތުންގެ މަޖިލީހުގައި މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނު އެކުލަވަައިލުމުގެ މަސައްކަތުގައި އިސްދައުރެއް އަދާކުރެއްވި ބޭފުޅެކެވެ.

އަބްދުލްއަޒީޒް މިވަގުތު ހުންނެވީ ސަގާފަތާއި ފަންނާއި ތަރިކައާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރެއްގެ މަގާމުގައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355