twitterviber whatsapp telegramfacebookyoutube instagram
20th April 2024

ބޯޑަރ ފުޓްސަލް ޗެލެންޖް ސިކަލް ކާމިޔާބުކޮށްފި

Jun 21, 2011

އަލީ އާދަމް

ބޯޑަރ ފުޓްސަލް ޗެލެންޖް 2011 ގެ ޗެމްޕިއަންކަން ތަފާތު ބޮޑު ނަތީޖާއަކުން މެގަރ މައުތު ބަލިކޮށް ސިކަލް ހޯދައިފި އެވެ.

ޒޯން ސްޓޭޑިއަމް ގައި އޮތް މިމުބާރާތުގެ ފައިނަލް މެޗު ސިކަލް އިން ކާމިޔާބު ކުރީ 7 ލަނޑު 3 ލަނޑުންނެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ސިކަލްގެ ޖާޒީ ނަމްބަރ 9 އަލީ ޒިޔާދެއެވެ.

މުބާރާތުގެ ފެއަރ ޕްލޭ ކުޅުންތެރިއަކަށް މެގަމައުތުގެ ޖާޒީ ނަމްބަރ 9 ފަތުހުﷲ އާދަމް ހޮވިފައި ވީއިރު 16 ލަނޑު ޖަހައިގެން މުބާރާތުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިއަކަށް ވެސް ހޮވިފައި ވަނީ ހަމަ އެޓީމުގެ ޖާޒީ ނަމްބަރ17 އަހުމީމް އަލީއެވެ. މިމުބާރާތުގެ އެންމެ މޮޅު 5 ކުޅުންތެރިންނަކީ ސިކަލްގެ ތިންކުޅުންތެރިން ކަމަށްވާ އަހުމަދު އާސިފާއި، އަލީ ޒިޔާދު އަދި މުހައްމަދު ގާސިމްގެ އިތުރުން މެގަރ މައުތުގެ އަހުމަދު އަލީ އަދި ޕެންޓަގަންގެ އަޝްރަފް މުހައްމަދެވެ.

މުބާރާތުގެެ ޗެމްޕިއަން ޓީމާއި ރަނަރއަޕް ޓީމަށް ސެޓްފިކެޓާއި ޓްރޮފީ ހަވާލު ކޮއްދެއްވީ ފައިނަލް މެޗްގެ ޝަރަފްވެރި މެހެމާން އަޕަރ ނޯތް ޕޮލިސް ޑިވިޜަންގެ ކޮމާންޑަރ، ސަބް އިނިސްޕެކްޓަރ އޮފް ޕޮލިސް އިބްރާހިމް ނަބީލް އެވެ.

އިންޓަނޭޝަނަލް ބަނދަރުގައި މަސައްކަތް ކުރާ ތިން މުއައްސަސާކަމުގައިވާ ކުޅުދުއްފުށީ ޕޯޓް ލިމިޓެޑާއި އިމިގްރޭޝަން އަދި ކަސްޓަމްސްގެ މުވައްޒަފުން ގެތެރެއިން 5 ޓީމު ހޮވައިގެން ކުޅެވުނު މި މުބާރަތަކީ މުއައްސަސާތަކުގެ މުވައްޒަފުންގެ މެދުގައި އެކުވެރިކަން އާލަކޮށް ގުޅުން ބަދަހިކުރުމަށް ބޭއްވުނު މުބާރާތެއްކަމަށް މުބާރާތް އިންތިޒާމްކުރި ކުޅުދުއްފުށީ ކަސްޓަމްސް ރިކްރިއޭޝަން ކޮމިޓީއިން މައުލޫމާތު ދެއެވެ. މިމުބާރާތް ކުރިއަށް ދިޔައީ ޖޫން 13 އިން 19 އަށް ޒޯން ސްޓޭޑިއަމް ގައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355